
-
ނ މަނަދޫއާއި ކެނދިކުޅުދޫގެ މަގުތައް ހެދުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެރަށްތަކަށް ފޮނުވައިފި އެވެ.

ސަރުކާރުން މި ދެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީއާއި އެވެ.
އާރްޑީސީން މިއަދު ބުނީ ނ. މަނަދޫ އަދި ނ. ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ސާމާނު އަދި ވެހިކަލްތައް ފޮނުވައި އެ ރަށްތަކަށް ބޭލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ކެނދިކުޅުދޫ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަސައްކަތުގެ ދަށުން އެ ރަށުގެ 8 މަގެއް ޒަމާނީ ފެންވަރެއްގައި ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން 3.7 ކިލޯމީޓަރުގެ މަގުގެ ފެން ހިންދާ ނިޒާމު ޤާއިމްކޮށް އެ މަގުތަކުގެ ޔޫޓިލިޓީ ޖަންކްޝަންތައް ހަދާނެއެވެ. މީގެ އިތުރުން ތާރުއަޅައި ދުވާރާއެކު މަގުގެ ޓްރެފިކް ސައިންތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރުތައް ވެސް މި މަސައްކަތުގެ ދަށުން ހެދިގެން ދާނެއެވެ. ސަރުކާރުން މި މަސައްކަތް އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 90.8 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ މިދިޔަ އަހަރު ޖޫން މަހުއެވެ.
މަނަދޫ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަސައްކަތުގެ ދަށުން އެ ރަށުގެ 4.2 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި، ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ހަރުކުރާނެ އެެވެ. މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 450 ދުވަހުން ނިންމާ ގޮތަށް 75.73 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއު އާރަްޑީސީއާއި ހަވާލުކުރީ 2023 ވަނަ އަހަރުގެ ތެރޭގައި އެވެ.
ގުޅުންހުރި

މަނަދޫއާއި ކެނދިކުޅުދޫގެ މަގުތައް ހެދުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެރަށްތަކަށް!

ހިންނަވަރާއި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

އާރްޑީސީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓާންޝިޕްގެ ދެވަނަ ބުރު ފަށައިފި
