
ހޭންޑްބޯޅަ މޯލްޑިވްސްގެ ވަރަށް ޚާއްސަ ނިއުސް ކޮންފަރެންސެއް މިރޭ
# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސްހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް (ކ) ކުޅިވަރާއި ބެހޭ ވަޒީރާއެކު...
ރާއްޖޭގައި މިއަހަރު ބާއްވާ ކޮމަންވެލްތް ބީޗު ހޭންޑްބޯޅަ ގޭމްސް އިފްތިތާހް ކުރުމުގެ ގޮތުންނާއި މުބާރާތާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރުމުގެ ގޮތުން ހޭންޑްބޯޅަ މޯލްޑިވްސްގެ ފަރާތުން ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވިގޮތުގައި ކޮމަންވެލްތް ބީޗު ހޭންޑްބޯޅަ ގޭމްސް މިއީ މުޅިން އަލަށް ބާއްވާ މުބާރާތެއް ކަމަކާއި ރާއްޖެއިން މުބާރާތް ހޯސްޓުކުރާއި މުބާރާތް ކުރިއަށްދާނީ ކުޅުދުއްފުށީ ސިޓީގައެވެ.
ހެންވޭރު ބޯޅަގޭ ކޮންޕަރެންސް ހޯލުގައި މިރޭ 20:00 އޮންނަ މި ނިއުސް ކޮންފަރެންސްގައި ކުޅިވަރާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުގެ އިތުރުން ކޮމަންވެލްތް ބީޗު ހޭންޑްބޯޅަ ގޭމްސް ބާއްވާ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބައިވެރިވެވަޑައިގަންނަވާނެއެވެ.