
ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ދެޒުވާނުން ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި
# ރައީސް މުހައްމަދު ނަޝީދު# ޒުވާނުންގެ މުޒާހަރާ--
މާލޭގައި ޒުވާނުން ސިލްސިލާކޮށް ކުރިޔަށްގެންދާ މުޒާހަރާގެ ތެރެއިން ރޭ ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

މިދިޔަ މަހުގެ 18 ވަނަ މާލޭގެ އިމާރާތަކުން ޒުވާނަކު ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުން ކުރިޔަށް ގެންދާ ތަހުގީގަށް ނުފޫޒު ފޯރުވާކަމަށްބުނެ ޒުވާނުން ފެށި މުޒާހަރާ ރެއާއި ހަމައަށްވެސް ކުރިޔަށް ދިޔައީ ސުލްހަވެރިކަމާއި އެކުގައި އެވެ. ނަމަވެސް ރޭ ކުރިޔަށް ދިޔަ މުޒާހަރާއަށް ފުލުހުން ވަނީ ހުރަސް އަޅާ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފައި އެވެ. އަދި ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ހައްޔަރުކޮށްފައި އެވެ. ހައްޔަރުކުރި ދެ ޒުވާނުންނަކީ މަޙްޒޫމް މާޖިދު (28އ) އާއި ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.
މިކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްގުތަކުގެ ދިފާއުގައިި ތެދުވެ ޒުވާނުން ވަކާލާތު ކުރުމަކީ ލިބޭ ހިތްވަރެއް ކަމަށާއި އަދި މުޒާހަރާ ކުރާ ޒުވާނުންގެ އަޒުމާއި ހިތްވަރުން އެކްޓިވިޒަމްގެ ބާރު ދައްކުވައިދޭ ކަމަށެވެ. ހައްގުތަކުގެ ދިފާއުގައި ތެދުވެ ވަކާލާތު ކުރަން ހިތްވަރު ލިބޭ ސަގާފަތެއް ބިނާ ކުރެވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މިއާއިއެކު އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ އަސާސީ ހައްގުގެ ބޭނުން ހިފަމުން ދަނިކޮށް ހައްޔަރު ކުރި ދެ ޒުވާނުން ދޫކޮށްލަން ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
ރޭގެ މުޒާހަރާ ރޫޅާލުމަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ. އަދި ޝިމަން އާއި މަޙްޒޫމް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޒިބު އަދާކުރުމަށް ހުރަސް އެޅުމާއި ގުޅިގެން ކަމަށްވެސް ވަނީ ބުނެފައި އެވެ. މީގެ އިތުތުން ފުލުހުން ވަނީ މަޙްޒޫމް ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށްވެސް ތުހުމަތުކޮށްފައި އެވެ.
ގުޅުންހުރި

ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ދެޒުވާނުން ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި

ލޭނު މަސްވެރިކަން ހުައްދަނުކުރަން ރައީސް ނިންމެވި ނިންމުމަށް ނަޝީދުގެ މަރުހަބާ!

ރައީސް ނަޝީދަށް ދިން ބޮމުގެ ޙަމަލާގެ ޝަރީޢަތް އަވަސް ކުރުމަށް މަޖިލިސް ރައީސް އަސްލަމް ގޮވާލައްވައިފި
