logoEN
Sto top
ލީގުގައި ފޯމް ދައްވި ނަމަވެސް ޔޫރަޕްގައި ޔުނައިޓެޑްގެ ކުޅުން ތަފާތު

ލީގުގައި ފޯމް ދައްވި ނަމަވެސް ޔޫރަޕްގައި ޔުނައިޓެޑްގެ ކުޅުން ތަފާތު

ހަސަން ޝަމްއޫން

logo

5/2/2025, 2:28:57 AM

# މެންޗެސްޓަރ ޔުނައިޓެޑް# ޔުއެފާ ޔޫރޮޕާ ލީގު # ބޭރު ދުނިޔޭގެ ކުޅިވަރު

ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު ޔުނައިޓެޑްގެ ފުރަތަމަ އެގާރަ...

މިސީޒަނުގައި ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ޔޫރަޕްގައި އެޓީމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

Wamco

އެގޮތުން ޔުއެފާ ޔުރޮޕާ ލީގު ސެމީފައިނަލް ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ސްޕެއިންގެ އެތްލެޓިކޯ ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލްގެ ފުރުސަތު ބޮޑުކުރިއިރު މިސީޒަނުގައި ޔުރޮޕާ ލީގު މެޗެއްގައި ޔުނައިޓެޑް އަދި ބަލިވެފައެއް ނުވެއެވެ.

މުބާރާތުގެ ސެމީފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަހޯދީ ކުއާޓާ ފައިނަލުގައި 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން ފްރާންސްގެ ލިއޯން ބަލިކުރުމަށްފަހު އެވެ. އަދި ބިލްބާއޯ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި 2-0 ގެ އެގްރިގޭޓް ނަތީޖާއަކުން ސްކޮޓްލޭންޑްގެ ރޭންޖާސް ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ޔުނައިޓެޑުން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ހޯދައިދިނީ ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސަމީރޯ އެވެ.

މިމެޗުގައި ބިލްބާއޯއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ޑެނީ ވިވިއަން، ޔުނައިޓެޑްގެ ފޯވާޑް ހޮއިލަންޑަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދިނުމުގެ އިތުރުން ވިވިއަންއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މީއާއެކު މެޗުގެ ބާކީބައި ބިބާއޯ އިން އެއްކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ވަނީ އެޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ފެނާންޑޭޒް އެވެ.

މެޗުގެ ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރި މިހާފުގައި ވެސް އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެއްކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބިލްބާއޯ އިން ވަނީ ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމަކާއެކު، ބައިކޮޅަށް އިތުރު ލަނޑެއް ވަނަނުދީ ޔުނައިޓެޑް ހުއްޓުވާފައެވެ.

މީގެ އިތުރުން މިދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލް ދެވަނަ ލެގުގެ މެޗު ޔުނައިޓެޑްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside