
-
މިމަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ ފުރާޅުމައްޗަށް އުސް އިމާރާތަކުން ވެއްޓުނު 21 އަހަރުގެ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަަށް ފުރުވާލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔުމްނު ބޭސްފަރުވާއަށް ފުރުވާލާފައިވަނީ މެލޭޝިއާއަށެވެ. އެގޮތުން ސްރީލަންކަން އެއާލައިންގެ ޗާޓަރ ފްލައިޓް ALK104 ގައި ޔުމްނު އާއި އޭނާގެ އާއިލާ ފުރީ ދާދި ދެންމެ އަކުއެވެ. ޔުމްނުއާއި އެކު އައިޖީއެމްއެޗްގެ ނަރުހަކާއި ޑޮކްޓަރަކުވެސް މިރޭ ވަނީ ފުރާފައި އެވެ.
ޔުމްނުގެ ބޭސްފަރުވާއަށް ބޭނުންވާ ފައިސާގެ މިންވަރެއް ސަރުކާރުން ރޭ ވަނީ ހަމަޖައްސައިދީފައި އެވެ. އެގޮތުން ޔުމްނުގެ އާއިލާއިން ރާއްޖޭގެ ބައެއް ނޫސްތަކަށް މައުލޫމާތު ދީފައިވާގޮތުގައި އެންސްޕާއިން ވަނީ ޔުމްނުގެ ބޭސްފަރުވާއަށް 3 ލައްކަވުރެ ގިނަ ރުފިޔާ ހަމަޖައްސައިދީފައި އެވެ.
ނަމަވެސް ޔުމްނުގެ ފަރުވާއަށް ބޮޑެު ހޭދައެއް ކުރަން ޖެހުމާއި އެކު ޔުމްނުގެ އާއިލާއިން ވަނީ އާންމުންގެ އެހީއަށް މިރޭ އެދިފައި އެވެ. އަދި އެހީއަށް އެދުނުތާ އިރުކޮޅެއްގެ ތެރޭގައި ޔުމްނުގެ ބޭސް ފަރުވާއަށް ބޭނުންވާ ފައިސާ ވަނީ ހަމަވެފައި އެވެ.
މައުލޫމާތު ލިބޭގޮތުގައި ޔުމްނުގެ ބޭސްފަރުވާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ޕަންޓާއީ ހޮސްޕިޓަލުންނެވެ.
ޔުމްނުގެ ހާލަތާއި ގުޅޭ ތަފްސީލެއް އަދި މިހާތަނަށް ޔުމްނުގެ އާއިލާއިން ހާމަކޮށްފައި ނުވި ނަމަވެސް އައިޖީއެމްއެޗުން މީގެ ކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު ޔުމްނުއަށް ފަރުވާދެމުން ދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައި އެވެ.
ގުޅުންހުރި

ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލައިފި

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން 9 މީހެއްގެ ފޯނު ހިފަހައްޓައިފި

ނަޒާހާ މުޒާހަރާއަށް: ބުނީ އިސްތިއުފާ ނުދީ ހުރީ ނިޒާމު ބަދަލުކުރެވޭނީ ނިޒާމުގެ ތެރޭގައި ހުރެގެން ކަމަށް ގަބޫލުކުރާތީ ކަމަށް!
