logoEN
Sto top
ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން 9 މީހެއްގެ ފޯނު ހިފަހައްޓައިފި

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން 9 މީހެއްގެ ފޯނު ހިފަހައްޓައިފި

އަހުމަދު ޝުރާއު

logo

4/26/2025, 12:01:14 PM

# ޔުމްނު ވެއްޓުނު ހާދިސާ

-

މިމަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް 9 މީހެއްގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.

Wamco

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ ޖުމުލަ 9 މީހެއްގެ ފޯނުކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މި މައްސަލައާއި ގުޅޭ 9 މީހެއްގެ ވަނަވަރު މިދިޔަ ހަފްތާގައި ހާމަކޮށްފައި އެވެ. ވެއްޓުނު ޒުވާނާގެ އިތުރުން ދެން މައުލޫމާތު ހާމަކުރި ފަރާތްތަކަކީ

  • ރައުދު އަހުމަދު ޒިލާލް - 21 އަހަރު
  • އާއިޝަތު ލަޔާޔީ އިގްބާލް - 22 އަހަރު
  • އިޒްދިޔާން މުހައްމަދު މައުމޫން - 28 އަހަރު
  • ޔޫސުފް އަހުމަދު އަކްރަމް - 21 އަހަރު
  • ޔޫސުފް ޔައްސާރު އަބްދުލްގަފޫރް - 28 އަހަރު
  • އާމިނަތު ޖުނައިނާ ޖަމްޝީދު - 24 އަހަރު
  • ހުސެއިން ހަމީސް އަލީ - 28 އަހަރު
  • އިޖާޖް ޖާއިޒް - 24 އަހަރު

އަދި މި މައްސަލައާއި ގުޅިގެން ޔުމްނު އާއި އެކު ވެއްޓުނު އިމާރާތުގައި ހިރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށް އޭނާ 5 ދުވަސް ބަންދުކޮށްފައި އެވެ.

ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން ވެއްޓުނު އަންހެން މީހާ އެރޭ ފުރަތަމަ ދިޔަގެ ކަމަށް ބުނާ މާންދޫގެދެކުނުގޭގެ ޓެރެހާއި 2 އަދި 4 ވަނަ ފަންގިވިލާގެ އިތުރުން ކަށިވެލި ގޭގެ 3 ވަނަ ފިންގިފިލާ ބަލާފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ބަލާފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެ ތަންތަނުން މައްސަލައާއި ގުޅޭ އެއްވެސް އެއްޗެއް ގެންދިޔަ ކަމެއް ހާމައެއް ނުކުރެއެވެ.

ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ތަހުގީގަށް ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނި ނަމަވެސް ފަހުން އެމައްސަލާގައި ހައްޔަރުކުރި ރައުދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ކޯޓު ބައްދަލުވުމުގައި ފުލުހުން ފަހުން ވަނީ އޭނާ ވެއްޓުމުގެ ކުރީން ރައުދު އާއި ދެމެދު ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށް ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside