
--
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ ”އިންސްޕެކްޓަރ ކޯސް” ހަތަރު ވަނަ ބުރު ފަށައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި މި މަހު 26 ވަނަ ދުވަހު މި ކޯސް ފަށާފައިވަނީ 31 ފުލުހުންނާއެކުގައެވެ. އެއީ 25 ފިރިހެން ފުލުހަކާއި 6 އަންހެން ފުލުހުންނެވެ.
އަށް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި، ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް، ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދޭނެއެވެ.
އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހުގެ ސަބަބުން، މުވައްޒަފުންގެ އިލްމާއި ހުނަރު އިތުރަށް ތަރައްގީވެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރާނެ ފުލުހުންތަކެއް ތައްޔާރުކުރެވިގެންދާނެއެވެ.
ގުޅުންހުރި

އިންސްޕެކްޓަރުން ތަމްރީން ކުރުމުގެ ކޯހުގެ ހަތަރު ވަނަ ބުރު ފަށައިފި

ކެފޭއަކަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި: ބަންދަށް 15 ދުވަސް!

ޔުމްނު ވެއްޓުނު ހާދިސާ: މިނިސްޓަރު އަމީންގެ ގެއިން ފުލުހުންނަށް ސީސީޓީވީ ފުޓޭޖް ނުލިބުނު!
