
--
މާލޭގެ ކެފޭއަކަށް ވަދެ ބިއްލޫރި ރެކެއް ތަޅާލި މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އިރަމާމަގުގައި ހުންނަ ކެފޭއަކަށް ވަދެ އެކެފޭގައި ހުރި ބިއްލޫރި ރެކު ތަޅާލި މައްސަލައިގައި ހައްޔަރުކުރީ މ. ސްޓާ، މުޙައްމަދު ރަޒީން، 49، ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރަޒީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ބަންދަށް 15 ދުވަސް ވެސް ޖަހާފައިވާ ކަމަށެވެ.
ކެފޭއަށްވަދެ ފައިން ޖަހާ ބިއްލޫރި ރެކު ތަޅާލި މަންޒަރު ފެންނަ ވީޑިއޯއެްވެސް ވަނީ މީސް މީޑިއާގައި ދައުރުވެފައި އެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ރަޒީން އަކީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އައިޖީއެމްއެޗް ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އެ މީހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލައެއްގައިވެސް ފުލުހުން ހައްުޔަރުކުރި މީހެކެވެ.
ގުޅުންހުރި

އިންސްޕެކްޓަރުން ތަމްރީން ކުރުމުގެ ކޯހުގެ ހަތަރު ވަނަ ބުރު ފަށައިފި

ކެފޭއަކަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި: ބަންދަށް 15 ދުވަސް!

ޔުމްނު ވެއްޓުނު ހާދިސާ: މިނިސްޓަރު އަމީންގެ ގެއިން ފުލުހުންނަށް ސީސީޓީވީ ފުޓޭޖް ނުލިބުނު!
