
ފަސް މީހުންނާއި އެކު ގައްދޫއިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން ހޯދަނީ
# ދިވެހި ފުލުހުންގެ ޙިދުމަތް--
ފަސް މީހުންނާއި އެކު ގައްދޫއިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށެވެ. އެގޮތުން ދޯނި ގެއްލުނު އިރު މި ދޯނީގައި ފަސް މީހުން ތިބި ކަމަށާއި އޭގެ ތެރެއިން ތިން މީހުންނަކީ ދިވެހިން ކަމަށާއި ބާކީ ދެމީހުންނަކީ ބިދޭސީން ކަމަށެވެ.
ފުލުހުން ވިދާޅުވީ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައި ކަމަށާއި އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދޫ ކަނޑުން ވަންނަން ކައިރިވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 6:00 ގައި އެވެ. އެއާއިއެކު އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް މައުލޫމާތު ހިއްސާކޮށް ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގަވައިދެއްވުމަށް އެދިފައި އެވެ.
ގުޅުންހުރި

އިންސްޕެކްޓަރުން ތަމްރީން ކުރުމުގެ ކޯހުގެ ހަތަރު ވަނަ ބުރު ފަށައިފި

ކެފޭއަކަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި: ބަންދަށް 15 ދުވަސް!

ޔުމްނު ވެއްޓުނު ހާދިސާ: މިނިސްޓަރު އަމީންގެ ގެއިން ފުލުހުންނަށް ސީސީޓީވީ ފުޓޭޖް ނުލިބުނު!
