
-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި "މޯލްޑިވިސް މެޑިކޯ-ލީގަލް ކޮންފެރެންސް 2025"ގެ ނަމުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކޮންފެރެންސް ފަށައިފި އެވެ.

މި ކޮންފަރެންސް ރަސްމީ ފަށާފައިވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެގޮތުން މި ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ،ޑރ.ޝާހް މާހިރެވެ.
މި އޭޕްރީލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފެރެންސަކީ ފޮރެންސިކް މެޑިސިން އަދި ސައިންސެސްއަށް އައިސްފައިވާ ކުރިއެރުމާއި، ސިއްޙީ ދާއިރާގައި އިހުމާލުން ދިމާވާ މައްސަލަތަކާއި އިހުމާލުން ދިމާވާ މައްސަލަތައް މަދުކުރުމުގެ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފެރެންސެކެވެ.
މީގެ އިތުރުން، ސިއްޙީ ދާއިރާގައި އިހުމާލުން ދިމާވާ މައްސަލަތަކުގައި، ބަލިމީހާއަށް ލިބިގެންދާ ޤާނޫނީ ޙައްޤުތަކާއި ގުޅޭގޮތުން މި ކޮންފެރެންސްގައި މަޝްވަރާކުރެވިގެންދާނެއެވެ.
މިފަދަ ކޮންފެރެންސްތަކަކީ ސިއްޚީ ދާއިރާ ފަދަ ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ޢިލްމީ ތަޖުރިބާކާރު ބޭފުޅުން އެއްތަންވެ، އެބޭފުޅުންގެ މަޢުލުމާތާއި ތަޖުރިބާ އާންމުންގެ މެދުގައި ޙިއްސާކޮށް، އާންމުން ހޭލުންތެރިކުރުވުމަށް އެޅިގެންދާ ވަރަށް މުޙިއްމު ފިޔަވަޅެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ދިވެހި ދަރިވަރުންނަށް މެލޭޝިއާގައި ޓެކްސްގެ ބުރަ އުފުލަން ނުޖެހޭގޮތަށް ކަންކަން ހަމަޖައްސައިދޭނަން - ހައިދަރު
-1746687476554.webp&w=3840&q=75)
ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނާއި މިނިސްޓަރ ޑރ.ހައިދަރު ބައްދަލުކުރައްވައިފި

އުފެއްދުންތެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ތަމްރީނުތަށް ހިންގުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
