logoEN
Sto top
ހަފުތާގެ ކޮންމެ ދުވަހަކުވެސް އުއްދޫއަށް ދަތުރުދެވޭނެ

ހަފުތާގެ ކޮންމެ ދުވަހަކުވެސް އުއްދޫއަށް ދަތުރުދެވޭނެ

އަހުމަދު ޝުރާއު

logo

4/28/2025, 6:57:43 PM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

-

ހަފުތާގެ ކޮންމެ ދުވަހަކުވެސް ދ. އަތޮޅު އުއްދޫއަށް މިހާރު ދަތުރުދެވޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Wamco

އެ މަނިކުފާނު މި ކަން ހާމަކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ދ. އުއްދޫ ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާ ޙަވާލުކުރުމާ ގުޅިގެން އެ ރަށް ވަނީ، މި ހިނގާ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ހުޅުވާލައިފައެވެ. ހަފުތާ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގައި ޕިކްނިކް ދެވޭނެގޮތަށް އޭރު ހުޅުވާލިޔަސް، މިޔަދުން ފެށިގެން ކޮންމެ ދުވަހަކުވެސް އެ ރަށަށް ދަތުރުދެވޭނެ ކަމަށް މިނިސްޓަރ ވަނީ މިއަދު ވިދާޅުވެފައެވެ.

ނިލަންދެއަތޮޅު ދެކުނުބުރީ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވީ، އެ އަތޮޅަށް އެ މަނިކުފާނު އެންމެ ފަހުން ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ އަތޮޅު މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޕިކްނިކު ދަތުރުގެ ކަންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ގުޅުއްނީ 9108899 / 7777848 ނަންބަރަށެވެ. ދަތުރުދާ ފަރާތްތަކަށް ގިނަގުނަ ޚިދުމަތްތަކެއް އެ ރަށުން ހަމަޖެހޭނެ ގޮތް ހައްދަވައި ދެއްވުމަށް ޓަކައި މިނިސްޓްރީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside