
ޕަބްލިކް ވާރކްސްގެ ޔުނިޓުތައް 14 ރަށެއްގައި ޤާއިމް ކުރަން ނިންމައިފި
# ޕަބްލިކް ވޯކްސް# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ-
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވާރކްސްގެ ޔުނިޓްތައް ޤާއިމު ކުރުމަަށް ރޖ. ޑރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ޤާއިމު ކުރާނެ ރަށްތައް ކަނޑައެޅުމަށްފަހު މިއަދު އިޢުލާންކޮށްފިއެވެ.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހާރު ޕަބްލިކް ވާރކްސްގެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި ޔުނިޓްތައް ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން ޕަބްލިކް ވާރކްސްގެ ޔުނިޓުތައް ޤާއިމުކުރުމަށް ނިންމާފައިވަނީ ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ގއ. ވިލިނގިލި ގައި ކަމަށެވެ.
މި ރަަށްތައް ކަނޑައެޅުމުގައި މިންގަނޑެއްކަމަށް ބަލާފައިވާނީ އަތޮޅު ކައުންސިލް ހިންގާ ރަށް ކަމުގައިވެސް މިނިސްޓަރގެ އެކްސް ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ޔުނިޓްތައް ޤާއިމު ކުރުމާބެހޭ އިދާރީ މަސައްކަތް މިނިސްޓްރީއިން ކުރަމުން އަންނަކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ގުޅުންހުރި

ރޯދަ ހަދިޔާ ބެހުމަށް ޓާސްކްފޯސްއެއް!

ދިވެހިންނަކީ އަވަށްޓެރި ޤައުމުތަކަށް އެހީ ބޭނުންވާ ވަގުތުތަކުގައި ނަމޫނާ ދައްކާ ބައެއް!

މާލެ އަތޮޅުގެ ހުރިހާ ކައުންސިލްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ 'ކާފު ފޯރަމް' ފަށައިފި





