
ތޮއްޑޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި
# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ-
އއ. ތޮއްޑޫ ކައުންސިލްގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، ތޮއްޑޫ ކައުންސިލްގެ ރައީސް ފައްޓަވައިދެއްވައިފިއެވެ.

ތޮއްޑޫ ކައުންސިލް އިދާރާގެ އާ ޢިމާރާތުގެ މަސައްކަތް ފެއްޓުމަށް މިއަދު ތޮއްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ތޮއްޑޫގައި އަލަށް ޢިމާރާތްކުރުމުގެ މަސައްކަތް ފެށި ކައުންސިލް އިދާރާއަކީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ އިދާރާއެކެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ) އާ ހަވާލުކޮށްގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ކުރިއަށް ގެންދާ 55 ކައުންސިލް އެޅުމުގެ މަޝްރޫޢަކީ 11 މަސްދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ ގޯތީގެ ވަށާފާރުރޭނުމާއި، ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ރޯދަ ހަދިޔާ ބެހުމަށް ޓާސްކްފޯސްއެއް!

ދިވެހިންނަކީ އަވަށްޓެރި ޤައުމުތަކަށް އެހީ ބޭނުންވާ ވަގުތުތަކުގައި ނަމޫނާ ދައްކާ ބައެއް!

މާލެ އަތޮޅުގެ ހުރިހާ ކައުންސިލްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ 'ކާފު ފޯރަމް' ފަށައިފި





