
ގަތަރާއި އެކު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
# ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ--
ދިވެހިރާއްޖޭގެ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް، ޤަޠަރު ޓޫރިޒަމްގެ ޗެއަރމަން ސަޢުދު އަލް-ޚަރްޖީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ ދުބާއީގައި ކުރިއަށްދާ އަރަބް ޓްރެވަލް މާކެޓް (އޭޓީއެމް) 2025 ގެ ހަވާސާގައި އެވެ.
މިއަދު ދުބާއީގެ ކުރިޔަށް ދިޔަ ބައްދަލުވުމުގައި ދެ ގައުމުގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއެރުވުމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމަށް މަގުފަހިވާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މިނިސްޓަރު ޠާރިޤު އިބްރާހީމްގެ މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ތަރައްޤީކޮށް، ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަަމަށެވެ.
މިއަދު ފެށި އޭޓީއެމް 2025 އަކީ މެދުއިރުމަތީގެ ސަރަޙައްދުގައި ބޭއްވޭ އެންމެ ބޮޑު އެއް ޓޫރިޒަމް މައުރަޒެވެ. މި މައުރަޒުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިޒަމް ދާއިރާގެ އިސްވެރިންނާއި، ވިޔަފާރިވެރިން ބައިވެރިވެ، އެ ދާއިރާގެ އެންމެ ފަހުގެ ކުރިއެރުންތަކާއި ޓްރެންޑްތައް ހިއްސާކުރެއެވެ.
ގުޅުންހުރި

ގަތަރާއި އެކު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ޑަބްލިއު.އެސް.އީ.ޕީ ގައިޑްބުކް ލޯންޗުކޮށް އަހުލުވެރި ކުރުމަށް ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފި

5 މިލިއަން ގަސް ޕްރޮގްރާމާއި ބެހޭގޮތުން ޗައިނާގެ ފޮރެސްޓްރީ އިދާރާއާ މަޝްވަރާކޮށްފި
