logoEN
Sto top
ކެންދޫއާއި ދޮންފަނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް މަޝްވަރާކޮށްފި

ކެންދޫއާއި ދޮންފަނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

4/17/2025, 6:37:22 PM

# ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ

--

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ޠާރިޤް އިބްރާހީމް، ބ. ކެންދޫ އަދި ބ. ދޮންފަނުގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި، އެ ދެ ރަށުގައި ދިމާވެފައިވާ ގޮނޑުދޮށް ގިރުމުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Wamco

މިއަދު ކުރިޔަށްދިޔަ މި ބައްދަލުވުމުގައި، ދެ ރަށުގައި ކުރިމަތިވެފައިވާ ގޮނޑުދޮށް ގިރުމުގެ މައްސަލަތަކާއި، އެކަމުގެ ސަބަބުން ރަށްރަށަށް ކުރިމަތިވެފައިވާ ގެއްލުންތަކާ ބެހޭގޮތުން ތަފްސީލީ މަޢުލޫމާތު ވަނީ ހިއްސާކޮށްފައި އެވެ. އަދި މި މައްސަލަ ޙައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި، ގޮނޑުދޮށް ގިރުމުގެ އަސަރު ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ގޮނޑުދޮށް ގިރުމަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި ސަރުކާރުން މި މައްސަލަ ޙައްލުކުރުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރަމުން މިހާރު ދާ ކަމަށެވެ.

"ބ. ކެންދޫ އަދި ބ. ދޮންފަނުގެ މައްސަލަތައް ވެސް އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ބަލައި، އަވަސް ޙައްލެއް ހޯދުމަށް މަސައްކަތްކުރާނަން." މިނިސްޓަރު ވިދާޅުވިއެވެ.

ކައުންސިލްތަކުން ވަނީ މި ބައްދަލުވުމުގައި ، ގޮނޑުދޮށް ގިރުމުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށާއި، ތިމާވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ މިންވަރު ފާހަގަކޮށް، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދިފައި އެވެ.

މިނިސްޓްރީން ބުނީ މި ދެ ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލަ ދިރާސާކޮށް، އެކަށީގެންވާ ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside