logoEN
Sto top
މުއައްސަސާތަކުގެ އެންމެ އަގު ބޮޑު ރައުސްމާލަކީ އެ ތަނެއްގެ މުއައްޒަފުން - އާޒިމް

މުއައްސަސާތަކުގެ އެންމެ އަގު ބޮޑު ރައުސްމާލަކީ އެ ތަނެއްގެ މުއައްޒަފުން - އާޒިމް

އަހުމަދު ޝުރާއު

logo

4/27/2025, 9:19:07 AM

# އާދަމް އާޒިމް

-

މުއައްސަސާތަކުގެ އެންމެ އަގު ބޮޑު ރައުސްމާލަކީ އެ ތަނެއްގެ މުއައްޒަފުން ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

Wamco

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އަމާޒްކޮށްގެން ސޮލައިޓް ރެސްޓޯރަންޓުގައި މިއަދު ކުރިއަށް ގެންދިޔަ ސަސްޓޭނަބަލް ޑިވަލޮޕްމަންޓް ގޯލްސް (އެސްޑީޖީ) ގެ ވޯކްޝޮޕް ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ފުޅުދައްކަވަމުންނެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މި ވޯކްޝޮޕްގެ މައިގަނޑު ބޭނުމަކީ، ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް މާލެ ސީޓީގެ މުއައްޒަފުން އަހުލުވެރިކުރުވުން ކަމަށާއި ރެއާ ދުވާލު މި ކުރާ ކޮންމެ މަސައްކަތެއްގެ މައިގަނޑު އަމާޒަކީ އެއީ ކަމަށެވެ.

"ޚާއްޞަކޮށް އަޅުގަނޑުގެ މި ހުވަފެނުގައި މި ތަޞައްވުރުގައި ޙަޤީޤީ ކުލަޖެއްސުމަށް، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން، އެކި ކަންކަމަށް އެކި ގޮތްގޮތުން އަހުލުވެރިކުރުވުން. މީގެ ކުރިން މީހުންނަށް ވިސްނިފައި އޮންނަނީ، މާލެ ސިޓީ ކައުންސިލުގެ މައިގަނޑު މަސައްކަތަކީ ހަމައެކަނި ވިހައި މަރުވާ ބަލަހައްޓައި ޤަބުރުސްތާން ސާފުކުރުންކަމަށް. " މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ މާލެ ސިޓީގެ ކައުންސިލަރުންނާއި ވެރިންނާއި ހުރިހައި މުއައްޒަފުން، ފޯރިއާއި ޖޯޝާއެކު މަސައްކަތްކުރަމުން ދަނީ، މާލެ ސީޓީގައި ދިރިއުޅުއްވާ ރައްޔިތުންނަށް ހުރިހައި ގޮތަކުން ރަނގަޅު، ފުރިހަމަ، އަވަސް، ޚިދުމަތްތަކެއް ދިނުމަށް ކަމަށާއި މި އަމާޒަށް ވާޞިލްވުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މުއައްޒަފުން، ޚިދުމަތަށް އަހުލުވެރިކުރުވުން ކަމަށެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، ރަނގަޅު ޚިދުމަތެއް ދިނުމަށް ޓަކައި ހުރިހައި ގޮތަކުން އިންސާނީ ވަޞީލަތްތައް ފުރިހަމަ ވާންޖެހޭނެ ކަމަށެވެ.

ސަސްޓޭނަބަލް ޑިވަލޮޕްމަންޓް ގޯލްސް (އެސްޑީޖީ) އަކީ ޔުނައިޑެޓް ނޭޝަންއިން 2030 ވަނަ އަހަރާހަމައަށް ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެކެވެ. އޭނގެ ބޭނުމަކީ އަންނަ އޮތް ޖީލްތަކަށް ދުނިޔޭގައި މިހުރި މަދު އެކިއެކި ރިސޯސަސްތައް ރައްކާތެރިކުރުން ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside