logoEN
Sto top
ރެއާލް ބަލިކޮށް ބާސެލޯނާ ކޮޕާޑެލަރޭ ޗެންޕިއަންކަން ހޯދައިފި

ރެއާލް ބަލިކޮށް ބާސެލޯނާ ކޮޕާޑެލަރޭ ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

4/26/2025, 11:20:21 PM

# ބާސެލޯނާ# ކޮޕާޑެލްރޭ# ބޭރު ދުނިޔޭގެ ކުޅިވަރު

ބާސެލޯނާގެ ކުޅުންތެރިން މުބާރާތިގެ ޓްރޮފީއާއެކު

ކޮޕާ ޑެލަރޭ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑް 3-2 ގެ ނަތީޖާއަކުން ބަލިކޮށް މި މުބާރާތުގެ ތަށި ބާސެލޯނާ އިން 32 ވަނަ ފަހަރަށް އުފުލާލައިފި އެވެ.

Wamco

މުބާރާތުގެ ފައިނަލުން ބާސެލޯނާ ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ބަލިކުރުމަށްފަހު އެވެ. އަދި ރެއާލް މެޑްރިޑް ފައިނަލުން ޖާގާހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި 4-5 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކުރުމަށްފަހު އެވެ.

މީގެ އިތުރުން މިސީޒަނުގައި މިދެޓީމު މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު، އެދެމެޗު ވެސް ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ. އެގޮތުން ލީގުގައި މިދެޓީމު ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކުރިއިރު، ސައުދީގައި ކުޅުނު ސްޕެނިޝް ސުޕަކަޕްގެ ފައިނަލް އެޓީމުން ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަަމަ ހާފުގެ 28 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޕެޑްރީ އެވެ. މިއީ އެޓީމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލް މެޑްރިޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މިއީ ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްގައި އޭނާ ކާމިބާުކޮށްދިން ލަނޑެކެވެ.

މިއީ އެމްބާޕޭގެ ކެރިއަރުގައި ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި އޭގެ ހަތް މިނެޓުފަހުން ރެއާލްގެ މިޑްފީލްޑަރު ޗުއަމީނީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އެޓީމަށް ފުރަތަމަ ފަހަރަށް ލީޑުހޯދައިދީފައެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަވެފައި ވަނިކޮށް ރެއާލް ގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ބަސެލޯނާގެ ފޯވާޑް ފެރާން ޓޮރޭސް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއާއެކު މެޗުގެ 90 މިނެޓު ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާނެރުމަށް އިތުރު ވަގުތު 15 މިނެޓުގެ ދެހާފު ކުޅުނު އިރު މިމެޗުން ބާސެލޯނާ މޮޅުވި ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދީ ޑިފެންޑަރު ކުންޑޭ އެވެ. އަދި މެޗު ނިމެންދަނިކޮށް މެޗު ހޫނުވެ ރިއަލްގެ ޑިފެންޑަރު އެންޓޯނީ ރުޑިގާގެ އިތުރުން ލޫކަސަ ވާސްކޭޒްއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside