
--
އިރާނުގެ ބަނދަރު ސިޓީއެއް ކަމަށްވާ ބަންދަރު އައްބާސްފައި މިއަދު ބާރު ގަދަ ގޮވުމެއް ހިނގައި އެހާދިސާގައި މަރުވި މީހުންގެ އަދަދު 5 އަށް އަރައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުގައި ބާރުގަދަ ގޮވުމެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް ފަސް މީހުން މަރުވެ 700 އަށް ވުރެ ގިނަ މީހުންވަނީ ޒަހަމްވެފައި އެވެ. އިރާނުގެ ހޮރްމޯޒްގަން ޕްރޮވިންސްގެ ކްރައިސިސް މެނޭޖްމަންޓް އޯގަނައިޒޭޝަންގެ ޑިރެކްޓަރު މެހެރްދާދު ހަސަންޒާދާ ހޮނިހިރު ދުވަހު ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިކަން ވަނީ ކަށަވަރުކޮށްދީފައި އެވެ.
މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ތެހެރާންގެ ދެކުނުން 1،000 ކިލޯމީޓަރު (620 މޭލު) ދުރުގައި އޮންނަ ޝާހިދު ރާޖާއީ ގައި އެވެ.
އީރާނުގެ ދައުލަތުގެ ޓީވީން ބުނީ ހާދިސާ ހިނގީ އަލިފާން ރޯވާ ތަކެތި އެ ތަނުގައި ރައްކާކުރުމުގައި އިހުމާލުވެގެންކަން އިބްތިދާއީ ރިޕޯޓުތަކުން އެނގިފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހުގެ ރޭ އީރާނުގެ ދައުލަތުގެ ނޫސް އޭޖެންސީ އައިއާރްއެންއޭ އިން އީރާނުގެ ކަސްޓަމްސް އެޑްމިނިސްޓްރޭޝަނާއި ހަވާލާދީ ބުނީ ގޮވުން ގޮވީ "ބަނދަރު ސަރަހައްދުގައި ރައްކާކޮށްފައި ހުރި ނުރައްކާތެރި މުދަލާއި ކެމިކަލް ސާމާނު" ތަކެއްގައި ރޯވެގެން ކަމަށެވެ.
ހޮރްމޯޒްގަން ޕްރޮވިންސްގެ ކްރައިސިސް މެނޭޖްމަންޓް އޯގަނައިޒޭޝަންގެ ޑިރެކްޓަރު ހަސަންޒާދާ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޒަހަމްވި މީހުން މިހާރު މެޑިކަލް ފެސިލިޓީތަކަށް ބަދަލުކޮށް ފަރުވާ ދެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ސަލާމަތީ އޮފިޝަލުން ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކޮށް ރައްކާތެރިކަމުގެ އިންޒާރުތައް ދީފައި ކަމަށެވެ.
ނޭޝަނަލް އީރާން އޮއިލް ޕްރޮޑަކްޓްސް ރިފައިނިން އެންޑް ޑިސްޓްރިބިއުޝަން ކޮމްޕެނީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ތެޔޮ ފެސިލިޓީތަކަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށެވެ.
ގުޅުންހުރި

އިރާނުގެ ހަމަލާއާއި އެކު ބަހްރައިންއާއި ކުވެއިތުގައިވެސް އެއާ ސައިރެންގެ އަޑު!

އިރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީމަރުކަޒަށް ހަމަލާދޭން ފެށުމާއިއެކު ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

އިރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފަށައިފި: ފުރަތަމަ ހަމަލާގައި ގަތަރާއި އިރާގުގައި ހުރި މަރުކަޒުތަކަށް!
