logoEN
Sto top
އިރާނުގެ ބަނދަރެއްގައި ބާރުގަދަ ގޮވުމެއް: 400 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެގެން ފަރުވާދެނީ

އިރާނުގެ ބަނދަރެއްގައި ބާރުގަދަ ގޮވުމެއް: 400 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެގެން ފަރުވާދެނީ

އަހުމަދު ޝުރާއު

logo

4/26/2025, 11:44:27 AM

# އިރާން

--

އިރާނުގެ ޕޯޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ގިނަ ބަޔަކު ޒަހަމްވެއްޖެ އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި ވެރިރަށް ތެހެރާންގެ ދެކުނުން 1،000 ކިލޯމީޓަރު (620 މޭލު) ދުރުގައި އޮންނަ އީރާނުގެ ބަނދަރު ސިޓީއެއް ކަމަށްވާ ބަންދަރު އައްބާސްގައި ބާރުގަދަ ގޮވުމެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައި އެވެ.

އީރާނުގެ ކަސްޓަމްސް އޮތޯރިޓީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ގޮވުން ގޮވާފައިވަނީ އެގައުމުގެ ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަނާ ގުޅިފައިވާ ސިނަ ކޮންޓެއިނަރ ޔާޑުގައި ކަމަށެވެ.

ތެހެރާނުން ރިޕޯޓްކުރަމުންދާ އަލްޖަޒީރާގެ ޓޯހިދު އަސަރީ، ދައުލަތުގެ މީޑިއާއާ ހަވާލާދީ ބުނެފައި ވަނީ ޒަހަމްވި މީހުންގެ އަދަދު މިހާރު 406 އަށް އަރާފައިވާ ކަމަށެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ބުނީ ގޮވުން ގޮވި ތަނުގައި ކެމިކަލް ރައްކާކުރުމުގައި އިހުމާލުވެފައިވާ ކަން އިބްތިދާއީ ރިޕޯޓުތަކުން އެނގޭ ކަމަށެވެ.

ހޮރްމޯޒްގަން ޕްރޮވިންސްގެ ކްރައިސިސް މެނޭޖްމަންޓް އޯގަނައިޒޭޝަންގެ ޑިރެކްޓަރު މެހެރްދާދު ހަސަންޒާދާ ދައުލަތުގެ ޓީވީއަށް ވިދާޅުވީ ޒަހަމްވި މީހުން މިހާރު މެޑިކަލް ފެސިލިޓީތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ސަލާމަތީ އޮފިޝަލުން ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކޮށް ރައްކާތެރިކަމުގެ އިންޒާރުތައް ދީފައި ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside