logoEN
Sto top
ޒުވާނުންގެ ލަފާދޭ ކޮމެޓީގެ އިތުރު ދެ މެމްބަރަކު އިސްތިއުފާދީފި

ޒުވާނުންގެ ލަފާދޭ ކޮމެޓީގެ އިތުރު ދެ މެމްބަރަކު އިސްތިއުފާދީފި

އަހުމަދު ޝުރާއު

logo

4/26/2025, 11:16:41 AM

# ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމެޓީ

--

ރައީސަށް ލަފާދޭ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ އިތުރު ދެ މެމްބަރަކު އެކޮމެޓީން އިސްތިއުފާ ދީފި އެވެ.

Wamco

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް މިދިޔަ އަހަރު ރައީސް ޑރ މުހައްމަދު މުއިއްޒު އުފެއްދެވި ޚާއްސަ ކޮމެޓީއެކެވެ.

އެމޮކެޓީގެ އިތުރު ދެ މެމްބަރަކު އިސްތިއުފާދިން ކަން ހާމަކުރި އިރު މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ހިޔްހަމަނުޖެހުން ފާޅުކޮށް ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ މިދިޔަ ބުރާސްފަތު ދުވަހުން ފެށިގެން މާލޭގެ މަގުތަކުގައި އިހުތިޖާޖް ކުރަމުންނެވެ.

ކޮމެޓީގެ މެމްބަރަކު ގާފު ނޫހަށް މައުލޫމާތު ދިން ގޮތުގައި އެކޮމެޓީގެ މެމްބަރު ފާތިމަތު ރާއިޔާ ޝަރީފް އާއި އަހުމަދު އަމުރުވެސް ވަނީ ކޮމެޓީން މިހާރު އިސްތިއުފާ ދީފައި އެވެ. އެގޮތުން ރާއިޔާ ކޮމެޓީން އިސްތިއުފާ ދިނީ މިއަދު އެވެ. އަދި އަހުމަދު އަމުރު ކޮމެޓީން އިސްތިއުފާ ދިނީ މިދިޔަ ބުރާސްފަތު ދުވަހު އެވެ.

މިއާއި އެކު ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި މި ކޮމެޓީން އިސްތިއުފާ ދިން މެމްބަރުންގެ އަދަދު ވަނީ 5 އަށް އަރާފައި އެވެ. އަދި ކޮމެޓީގެ މެމްބަރު ދަލޫފް އަހުމަދު ވަނީ މީގެ ފަސްވަރަކަށް މަސްކުރިން އެކޮމެޓީން އިސްތިއުފާ ދީފައި އެވެ.

މާލޭގައި މިހާރު ކުރިޔަށްދާ ޒުވާނުންގެ ސިލްސިލާ މުޒާހަރާތަކުގައި އެކޮމެޓީގެ މެމްބަރުންގެ އިސްތިއުފާއަށް ދަނީ ޑިމާންޑްކުރަމުންނެވެ.

މިމަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާއި ގުޅިގެން ފެންމަތިވި މައްސަލަތަކެއްގައި އެކޮމެޓީގެ ރައީސް ދާވޫދު އަހުމަދު ޒިލާލް ވަނީ މަގާމުން ވަކިކޮށްފައި އެވެ. ނަމަވެސް އޭނާ ރައީސް އޮފީހުގައި އަދާކުރައްވަމުން ގެންދިޔަ ވަޒީފާއިން ވަކިނުކޮށް ސަރުކާރުން ވަނީ އޭނާ ސަސްޕެންޑުކޮށްފައި އެވެ.

އަދި އަންހެން މީހާ ވެއްޓުނު މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ދާވޫދުގެ ކޮއްކޮ ރައުދު އަހުމަދު ޒިލާލް އެވެ.

މި މައްސަލާގައި ފުލުހުން ތަހުގީގު ކުރިޔަށްދާގޮތާއި މެދު ގިނަ ޒުވާނުންތަކެއް އަންނަނީ މީސް މީޑިއާގައިވެސް އަޑުއުފުލަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside