logoEN
Sto top
ރަބާބް އާއި ނިމާލްވެސް ޒުވާނުންގެ ލަފާދޭ ކޮމެޓީން އިސްތިއުފާދީފި

ރަބާބް އާއި ނިމާލްވެސް ޒުވާނުންގެ ލަފާދޭ ކޮމެޓީން އިސްތިއުފާދީފި

އަހުމަދު ޝުރާއު

logo

4/26/2025, 5:53:56 AM

# ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމެޓީ

--

ރައީސަށް ލަފާދޭ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ދެ މެމްބަރަކު އިސްތިއުފާ ދީފި އެވެ.

Wamco

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް މިދިޔަ އަހަރު ރައީސް ޑރ މުހައްމަދު މުއިއްޒު އުފެއްދެވި ޚާއްސަ ކޮމެޓީއެކެވެ.

އެމޮކެޓީގެ އިތުރު ދެ މެމްބަރކު އިސްތިއުފާދިން ކަން ހާމަކުރި އިރު މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ހިޔްހަމަނުޖެހުން ފާޅުކޮށް ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ މިދިޔަ ބުރާސްފަތު ދުވަހުން ފެށިގެން މާލޭގެ މަގުތަކުގައި އިހުތިޖާޖް ކުރަމުންނެވެ.

ޒުވާނުންގެ ގައުމީ ލަފާދޭ ކޮމެޓީއިން އިސްތިއުފާ ދިންކަން ހާމަކުރި ދެ މެމްބަރުންނަކީ އާމިނަތު ރަބާބު އިބްރާހިމް އާއި ނިމާލު ހަމީދު އެވެ. އެދެމެމްބަރުންވެސް ވަނީ އެކޮމެޓީއިން އިސްތިއުދާ ދިންކަން އެމީހުންގެ ރަސްމީ އިންސްޓްރގްރާމް އެކައުންޓުތަކުގައި ހާމަކޮށްފައި އެވެ.

މިގޮތުން އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވައި ރާއްޖޭގެ ކާމިޔާބު އެތުލީޓު ރަބާބް ބުނީ އެ ބޯޑާއި ގުޅުނީ އެތްލީޓުންގެ ހައްގުގައި ވަކާލާތު ކުރުމަށް ކަމަށާއި، ތެދުވެރިކަމާއި އިންސާފު ނެތް ތަނެއްގައި އެކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މި ދެމެމްބަރުންގެ އިތުރުން އިއްޔެ އެކޮމެޓީގެ މެމްބަރު ހުވެއިނާ ވެސް ވަނީ އިސްތިއުފާދީފައި އެވެ.

މާލޭގައި މިހާރު ކުރިޔަށްދާ ޒުވާނުންގެ ސިލްސިލާ މުޒާހަރާތަކުގައި އެކޮމެޓީގެ މެމްބަރުންގެ އިސްތިއުފާއަށް ދަނީ ޑިމާންޑްކުރަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާއި ގުޅިގެން ފެންމަތިވި މައްސަލަތަކެއްގައި އެކޮމެޓީގެ ރައީސް ދާވޫދު އަހުމަދު ޒިލާލް ވަނީ މަގާމުން ވަކިކޮށްފައި އެވެ. ނަމަވެސް އޭނާ ރައީސް އޮފީހުގައި އަދާކުރައްވަމުން ގެންދިޔަ ވަޒީފާއިން ވަކިނުކޮށް ސަރުކާރުން ވަނީ އޭނާ ސަސްޕެންޑުކޮށްފައި އެވެ.

އަދި އަންހެން މީހާ ވެއްޓުނު މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ދާވޫދުގެ ކޮއްކޮ ރައުދު އަހުމަދު ޒިލާލް އެވެ.

މި މައްސަލާގައި ފުލުހުން ތަހުގީގު ކުރިޔަށްދާގޮތާއި މެދު ގިނަ ޒުވާނުންތަކެއް އަންނަނީ މީސް މީޑިއާގައިވެސް އަޑުއުފުލަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside