logoEN
Sto top
ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ހުވޭ އިސްތިއުފާ ދީފި

ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ހުވޭ އިސްތިއުފާ ދީފި

އަހުމަދު ޝުރާއު

logo

4/25/2025, 4:43:31 PM

# ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމެޓީ

--

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މެމްބަރު ވައިނާ މުހައްމަދު ނިހާދު (ހުވޭ) އެކޮމެޓީން އިސްތިއުފާ ދީފި އެވެ.

Wamco

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް މިދިޔަ އަހަރު ރައީސް ޑރ މުހައްމަދު މުއިއްޒު އުފެއްދެވި ޚާއްސަ ކޮމެޓީއެކެވެ.

ހުވޭ އިސްތިއުފާދިން ކަން ހާމަކުރި އިރު މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ މިދިޔަ ބުރާސްފަތު ދުވަހުން ފެށިގެން ހިތްހަމަނުޖެހުން ފާޅުކުރުމަށް މާލޭގެ މަގުތަކަށް ނުކުމެ ސިލްސިލާ މުޒާހަރާތަކެއް ފަށާފައި އެވެ.

މިއަދު ހުވޭ އޭނާގެ ރަސްމީ އިންސްޓްރގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމުން ރަސްމީކޮށް އިސްތިއުފާ ދިނީ އިއްޔެ ކަމަށާއި އެމަގާމުން އިސްތިއުފާ ދިނީ މިހާރު ޒުވާނުން އަޑުއުފުލަމުން އަންނަ ކަންތަކާއި ގުޅިގެން ޒުވާނުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީ ވާންޖެހޭ ކަމަށް ގަބޫލުކުރާތީ ކަމަށެވެ.

" އަޅުގަނޑު އަބަދުވެސް ހުންނާނީ ، ޓްރާންސްޕޭރެންޓު އަދި އިންސާފަށް އެދޭ މި ޤައުމުގެ ޒުވާނުންނާ އެކުގައި. " ހުވޭ ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާއި ގުޅިގެން ފެންމަތިވި މައްސަލަތަކެއްގައި އެކޮމެޓީގެ ރައީސް ދާވޫދު އަހުމަދު ޒިލާލް ވަނީ މަގާމުން ވަކިކޮށްފައި އެވެ. ނަމަވެސް އޭނާ ރައީސް އޮފީހުގައި އަދާކުރައްވަމުން ގެންދިޔަ ވަޒީފާއިން ވަކިނުކޮށް ސަރުކާރުން ވަނީ އޭނާ ސަސްޕެންޑުކޮށްފައި އެވެ.

އަދި އަންހެން މީހާ ވެއްޓުނު މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ދާވޫދުގެ ކޮއްކޮ ރައުދު އަހުމަދު ޒިލާލް އެވެ.

މި މައްސަލާގައި ފުލުހުން ތަހުގީގު ކުރިޔަށްދާގޮތާއި މެދު ގިނަ ޒުވާނުންތަކެއް އަންނަނީ މީސް މީޑިއާގައިވެސް އަޑުއުފުލަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside