logoEN
Sto top
މާފަންނުގެ ބައެއް ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

މާފަންނުގެ ބައެއް ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

އަހުމަދު ޝުރާއު

logo

4/25/2025, 2:30:36 PM

# ސްޓެލްކޯ

--

ނެޓްވޯކް އަޕްގްރޭޑިންގ މަސައްކަތްތަކެއް ކުރުމަށް މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Wamco

ސްޓެލްކޯއިން މިއަދު ބުނީ އެކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ އަޕްގްރޭޑިންގ މަސައްކަތަކަށް މާދަމާ ހެނދުނު މާފަންނުގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

އެގޮތުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ލަފާކުރަނީ ހެނދުނު 06:00 އާއި 06:30 އާއި ދެމެދުގެ ވަގުތެއްގައި އެވެ.

މީގެ އިތުރުންވެސް އެކުންފުނީން ކުރަމުންދާ ބައެއް އިތުރު މަސައްކަތްތަކާއި ގުޅިގެން އިތުރު ސަރަހައްދުތަކުންވެސް ކަރަންޓު ކެނޑިދާނެކަން ވަނީ ހާމަކޮށްފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ

  1. ކަނބާއައިސަރަނި ހިނގުން، ބުލޫކިޔާ މަގު، އިރަމާ މަގު، އިއްޒުއްދީން މަގު، މަޖީދީމަގު، މުރަނގަމަގު، ސަބުދެލި މަގު އަދި ޝަހީދު އަލީ ހިނގުން ހިމެނޭ ސަރަޙައްދުން ހެނދުނު 09:00 އާއި މެންދުރު 13:00 އާ ދެމެދު
  2. އޯކިޑް މަގު، ދަނބު ގޯޅި، ފާމުދޭރި މަގު އަދި ކަނޑި ދޮންމަނިކު ގޯޅި ހިމެނޭ ސަރަޙައްދުން ހެނދުނު 08:30 އާއި 09:15 އާ ދެމެދު
  3. އޯކިޑްމަގު، ދަނބުގޯޅި، ފާމުދޭރިމަގު، ކަނޑި ދޮންމަނިކު ގޯޅި، އިބްރާހިމް ހަސަންދީދީ މަގު، ޗާންދަނީ މަގު، ހުސޭނީ ގޯޅި އަދި ހަވީރީ ހިނގުން ހިމެނޭ ސަރަޙައްދުން ހެނދުނު 10:00 އާއި 10:30 އާ ދެމެދު
  4. ބުރުޒުމަގު އަދި ހިލާލީ މަގު ހިމެނޭ ސަރަޙައްދުން ހެނދުނު 10:00 އާއި 12:00 އާ ދެމެދު
  5. ލޮނުޒިޔާރަތް މަގު އަދި ޖަނަވަރީ ހިނގުން ހިމެނޭ ސަރަޙައްދުން މެންދުރުފަހު 14:00 އާއި 16:30 އާ ދެމެދު
  6. ކަނބާއައިސަރަނި ހިނގުން، ބުލޫކިޔާ މަގު، އިރަމާ މަގު، އިއްޒުއްދީން މަގު، މަޖީދީމަގު، މުރަނގަމަގު، ސަބުދެލި މަގު އަދި ޝަހީދު އަލީ ހިނގުން ހިމެނޭ ސަރަޙައްދުން ހެނދުނު 09:00 އާއި މެންދުރު 13:00 އާ ދެމެދު

ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައި އެވެ.

ސްޓެލްކޯއިން ދަނީ އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside