logoEN
Sto top
ކަނބަލުންނަށް ޚާއްސަކޮށްގެން ސްޓެލްކޯއިން ކުރިޔަށް ގެންދާ އިލެކްޓްރިޝަން  ކޯސް 16 ކަނބަލަކު ފުރިހަމަކޮށްފި

ކަނބަލުންނަށް ޚާއްސަކޮށްގެން ސްޓެލްކޯއިން ކުރިޔަށް ގެންދާ އިލެކްޓްރިޝަން ކޯސް 16 ކަނބަލަކު ފުރިހަމަކޮށްފި

އަހުމަދު ޝުރާއު

logo

4/23/2025, 4:27:10 PM

# ސްޓެލްކޯ

--

ކަނބަލުންނަށް ޚާއްސަކޮށްގެން ސްޓެލްކޯއިން ކުރިޔަށް ގެންދާ އިލެކްޓްރިޝަން ކޯސް 16 ކަނބަލަކު ފުރިހަމަކޮށްފި އެވެ.

Wamco

ސްޓެލްކޯއިން މިއަދު ބުނީ ކަރަންޓަށް ހޭލުންތެރިކުރުވުމަށާއި، ކަނބަލުންގެ މެދުގައި ކަރަންޓުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ "ބިގިނަރސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ގެ ފުރަތަމަ ބެޗް ކާމިޔާބުކަމާއެކު މިއަދު ނިންމާލާފައިވާ ކަމަށެވެ.

އެގޮތުން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ބެޗްގައި 16 ކަނބަލަކު ތަމްރީނުކުރެވިފައިވާއިރު، އެކުންފުނީން ހުޅުވާލި ފުރުސަތުގައި ޖުމްލަ 350 ފަރާތަކުން ވަނީ މި ކޯހަށް ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

View post on Twitter

ސްޓެލްކޯއިން އަންނަނީ މި ކޯހުގެ ދެވަނަ ބެޗު ދާދި އަވަހަށް ފެށުމަށް ތައްޔާރުވަމުންނެވެ. މި ފަދަ ކޯސްތަކުގެ ސަބަބުން ކަރަންޓަށް ހޭލުންތެރި މުޖުތަމައުއެއް އުފެދިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside