
-
ހިޔާ ޓަވަރު އެގާރައިގެ ކޮންމެ އެޕާޓްމަންޓަކުން މާދަމާ 30 މިނިޓަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ވަނީ ތާވަލު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެ ކިދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން މި މަސައްކަތް ކުުރުމަށް ހަމަޖެހިފައިވާއިރު، ހިޔާގެ އެގާރަ ވަނަ ޓަވަރުގައި މި މަސައްކަތް ކުރުމަށްޓަކައި 24 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހު (މާދަމާ)ގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.
އަދި މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައި އެވެ.
ސްޓެލްކޯއިން ދަނީ އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕީކް ސީޒަނާއި ދިމާކޮށް ސްޓެލްކޯއިން ހުޅުމާލޭގައި އިތުރު އިންޖީނުތަކެއްވެސް ވަނީ އޮޕަރޭޝަނަށް ތައްޔާރުކޮށްފައި އެވެ.
ގުޅުންހުރި

މާފަންނުގެ ބައެއް ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

ސްޓެލްކޯއިން ލިބެން ހުރި ފެންވަރު ރަނގަޅު އިލެކްޓްރިކަލް ޕްރޮޑަކްޓްތަކުގެ މައުލޫމާތު ބިލްޑް އެކްސްޕޯއިން!

ހިޔާ ޓަވަރު 11 ގެ ކޮންމެ ފްލެޓަކުން މާދަމާ 30 މިނެޓަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ
