
ސްޓެލްކޯއިން ލިބެން ހުރި ފެންވަރު ރަނގަޅު އިލެކްޓްރިކަލް ޕްރޮޑަކްޓްތަކުގެ މައުލޫމާތު ބިލްޑް އެކްސްޕޯއިން!
# ސްޓެލްކޯ--
ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށިގެން ކުރިޔަށްދާ މިއަހަރުގެ ބިލްޑް އެކްސްޕޯގައި ސްޓެލްކޯއިން ބައިވެރިވެއްޖެ އެވެ.

އިއްޔެ ފެށި މިއަހަރުގެ ބިލްޑް އެކްސްޕޯ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
ސްޓްެލްކޯއިން ބުނީ އެކުންުފުނީގެ ސްޓޯލެއް ބިލްޑް އެކްސްޕޯގައި ހުންނާނެ ކަމަށާއި ސްޓެލްކޯ ބިޒްނަސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށަށް އެކްސްޕޯގައި ހުންނަ ސްޓޯލަށް ޒިޔާރަތްކޮށް ލެވޭނެ ކަމަށެވެ.
އަދި އެކުންފުނީގެ އައުޓްލެޓުތަކުން ލިބެން ހުރި ފެންވަރު ރަނގަޅު އިލެކްޓްރިކަލް ޕްރޮޑަކްޓްތައް މި އެކްސްޕޯގައި ޝޯކޭސް ކޮށްފައިވާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
އަދި އެކުންފުނީގެ ޚާއްސަ ގިވްއަވޭއެއް ވެސް މި އެކްސްޕޯގައި ކުރިޔަށްދާއިރު ސްޓޯލަށް ޒިޔާރާތްކޮށްލައިގެން ބައެއް ހަރަކާތްތަކުގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ބިލްޑް އެކްސްޕޯއަކީ ކޮންސްޓްރަކްޝަނާއި، ޢުމްރާނީ ތަރައްޤީ އަދި ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތުގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މިއަހަރުގެ އެކްސްޕޯ ވެގެންދަނީ ބިލްޑް އެކްސްޕޯގެ 4 ވަނަ އެޑިޝަނަށެވެ.
ގުޅުންހުރި

މާފަންނުގެ ބައެއް ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

ސްޓެލްކޯއިން ލިބެން ހުރި ފެންވަރު ރަނގަޅު އިލެކްޓްރިކަލް ޕްރޮޑަކްޓްތަކުގެ މައުލޫމާތު ބިލްޑް އެކްސްޕޯއިން!

ހިޔާ ޓަވަރު 11 ގެ ކޮންމެ ފްލެޓަކުން މާދަމާ 30 މިނެޓަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ
