
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަދުނީ، އިބްރާހީމް ރަޝީދު (40އ) އާއި ޏ. ފުވައްމުލައް / މިސްކިތްމަގު، ކުދިމާގެ، ޞަފިއްޔާ މުޙައްމަދު (41އ) އެވެ.
މި އެޕްރީލް މަހުގެ 22 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، މި ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 108.96 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ރަޝީދު (40އ) 15 ދުވަހަށް އަދި ޞަފިއްޔާ މުޙައްމަދު (41އ) ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފި

21 އަހަރުގެ ޒުވާނާ ވެއްޓުނު މައްސަލައާއި ގުޅުންހުރި ގެތައް ބަލާފާސްކުރަން ފަށައިފި: މިނިސްޓަރު އަމީންގެ ގެ ހިމެނޭ!

ރައުދު ހައްޔަރުކުރަން ކޯޓު އަމުަރަކަށް އެދެފި
