logoEN
Sto top
21 އަހަރުގެ ޒުވާނާ ވެއްޓުނު މައްސަލައާއި ގުޅުންހުރި ގެތައް ބަލާފާސްކުރަން ފަށައިފި: މިނިސްޓަރު އަމީންގެ ގެ ހިމެނޭ!

21 އަހަރުގެ ޒުވާނާ ވެއްޓުނު މައްސަލައާއި ގުޅުންހުރި ގެތައް ބަލާފާސްކުރަން ފަށައިފި: މިނިސްޓަރު އަމީންގެ ގެ ހިމެނޭ!

އަހުމަދު ޝުރާއު

logo

4/24/2025, 7:40:33 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

މާންދޫގޭދެކުނުގެ - ފޮޓޯ | ދައުރު

މިދިޔަ ހުކުރު ދުވަހު 21 އަހަރުގެ ޒުވާނަކު އިމާރާތެއްގެ މަތީން ވެއްޓުނު މައްސަލައާއި ގުޅުންހުރި ގެތަކެއް ބަލާފާސްކުރަން ފަށައިފި އެވެ.

Wamco

މިހާރު ފުލުހުން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ އަންހެން މީހާ ވެއްޓުނު މައްސަލައާއި ގުޅުންހުރި ގެތައް ބަލާފާސްކުރުމުގެ މަސައްކަތް ކޯޓު އަމުރެއްގެ ދަށުން މިއަދު 11:30 ހާއިރު ފަށާފައިވާ ކަމަށެވެ.

މިގޮތުން ބަލާފާސްކުރުމަށް ކޯޓު އަމުރު ފުލުހުން ހޯދާފައިވަނީ ހ ކަށިވެލިގެއާއި މ މާންދޫގޭދެކުނުގެ އެވެ. މާންދޫގޭދެކުނުގެ އަކީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވެސް ދިިރިއުޅުއްވާ ގެއެވެ. މި މައްސަލާގައި އަމީންގެ ދެ ކޮއްކޮ އަކު ހިމެނޭކަން އަމިއްލަފުޅަށް ރޭ ހާމަކުރައްވައި އަމީން ވަނީ މިހާރު ފުލުހުން ކުރަމުންދާ މައްސަލާގައި އެއްވެސް ބައިވެރިވުމެއް ނެތް ކަން ހާމަކުރައްވާފައި އެވެ.

މި މައްސަލައާއި ގުޅިގެން ބަލާފާސްކުރަމުންދާ ގެތަކަކީ މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބަލާފާސްކުރަމުންދާ ގެތަކެއް ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައި އެވެ. އެގޮތުން މާންދޫގެދުކުނުގޭގެ ޓެރަހާއި އިތުރު ދެ ފަންގިފިލާއެއް ބަލާ ފާސްކުރަމުންދާ ކަމަށް ވަނީ ހާމަކޮށްފައި އެވެ.

މި މައްސަލައާއި ގުޅުންހުރި 9 މީހެއްގެވަނަވަރު ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ. އަދި އެމީހުން ފުރުން މަނާކުރުމަށް ޕާސްޕޯޓުތައް ވަނީ ހިފަހައްޓާފައި ކަމަށްވެސް ވަނީ ބުނެފައި އެވެ.

ފުލުހުން ބުނާގޮތުގައި މިއަދު ވަނަވަރު އާންމުކުރި ޒުވާނުންތަކަކީ ހާދިސާ ހިނގި ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށް މާލޭގެ މެދުތެރޭގައި ހުންނަ ގ މާންދޫގޭދެކުނުގެ ގޭގައި އެއްވުމެއް ބޭއްވި ޒުވާނުންތަކެކެވެ. އޭގެ ތެރެއިން ރައުދާއި ވެއްޓުނު ޒުވާނާގެ އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ކަށިވެލިގެއަށް ދިޔައީ 4 ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ. ފުލުހުން މިއަދު އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއަކަށެވެ. އަންހެން މީހާ ވެއްޓުނީ އެގޭގެ 9 ވަނަ ފަންގިފިލާއިން ކަމަށް ފުކލުހުން ބުނެއެވެ، ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. އަދި ދެމީހުން ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރުވެސް ސެންސަރު ކުރުމަށްފަހު ވަނީ ދައްކާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside