
މިއަދު ރައީސް އޮފީހުން ވަކިކުރި އިޒްދިޔާންގެ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އެބަހުރި - ފުލުހުން
# ދިވެހި ފުލުހުންގެ ޙިދުމަތް-
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުން މިއަދު ވަކިކުރި އިޒްދިޔާން މުޙައްމަދު މައުމޫން އަކީ މީގެ ކުރިން މަސްތުވާތަކެތީގެ ރެކޯޑް އޮތް މީހެއްކަން މިއަދު ފުލުހުން ހާމަކޮށްފި އެވެ.

މިކަން ފުލުހުން ހާމަކުރީ މިދިޔަ ހުކުރު ދުވަހު މާލޭގެ އިމާރާތަކުން 21 އަހަރުގެ އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި މައުލޫމާތުންނެވެ. އެގޮތުން އަންހެން މީހާ ވެއްޓުމުގެ ކުރީން ކަން ހިނގި ގޮތުގެ ބައެއް ތަފްސީލްތައް ފުލުހުން މިއަދު ހާމަކުރި އިރު އިޒްދިޔާން މި މައްސަލާގައި ހިމެނެނީ އަންހެން މީހާ ވެއްޓުމުގެ ގަޑިތަކެއް ކުރީން އިޒްދިޔާންގެ ގޭގައި އެއްވުމެއް ބޭއްވުމާއި ގުޅިގެންނެވެ. އެގޮތުން އިޒްދިޔާންގެ އިތުރުން ވެއްޓުނު ކުއްޖާއާއިއެކު ޖުމުލަ 9 މީހެއް ފުލުހުން ވަނީ މި މައްސަލައިގެ "ޕާސަން އޮފް އިންޓްރެސްޓް" ގެ ގޮތުގައި މިއަދު މަނަވަރު އާންމުކޮށްފައި އެވެ.
ފުލުހުން މިއަދު އާންމުކުރި 9 މީހުންގެ ވަނަވަރު ޝީޓުގައި ހާމަކޮށްފައިވާގޮތުގައި 28 އަހަރުގެ އިޒްދިޔާން އަކީ 2015 އިން 2017 ވަނަ އަހަރާއި ހަމައަށް މަސްތުވާތަކެތީ މައްސަލަތަކެއް ރެކޯޑް ކުރެވިފައިވާ މީހެކެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުން އިޒްދިޔާން ވަކިކުރިކަން ހާމަކުރީ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އިޒްދިޔާންއަކީ ޓްރާންސްޕޯޓު މިނިސްޓަރުގެ ބޭބެ މުހައްމަދު މައުމޫންގެ ދަރިއެކެވެ.
ގުޅުންހުރި

ރައްޔިތުން އެދެނީ ރައްކާތެރިކަން ކަށަވަރުވާން، އެކަން ކުރާނީ ދިވެހި ފުލުހުން: އިހްސާން

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ދިވެއްސަކު ހޯދަނީ

ޕޯސްޓްގެ ނަމުގައި، މެސެޖުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ





