logoEN
Sto top
ރައުދު ހައްޔަރުކުރަން ކޯޓު އަމުަރަކަށް އެދެފި

ރައުދު ހައްޔަރުކުރަން ކޯޓު އަމުަރަކަށް އެދެފި

އަހުމަދު ޝުރާއު

logo

4/24/2025, 7:31:00 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

މިދިޔަ ހުކުރު ދުވަހު އަންހެން މީހަކު އިމާރާތަކުން ވެއްޓުނު މައްސަލާގައި ހިމެނޭ ރައުދު އަހުމަދު ޒިލާލް ހައްޔަރުކުރަން ކޯޓު އަމުަރަކަށް އެދެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Wamco

މިކަން ހާމަކުރެއްވީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ.

ނަވީން ވިދާޅުވީ ރައުދު ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދިފައިވަނީ އޭނާގެ ފަރާތުން މައްސަލައަށް ބޭނުންވާ އެއްބާރުލުން ނުލިބޭ ކަމަށް މައްސަލަ ރިވިއުކުރާ ޓީމަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކުރުމަށް އަމުރު ލިބި އެކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިޔަށްދާކަން ނަވީން ފާހަގަކުރެއްވި އެވެ.

ރައުދު ހައްޔަރުކުރުމުގެ އިތުރުން މި މައްސަލައާއި ގުޅުންހުރި 9 މީހެއްގެވަނަވަރު ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ. އަދި އެމީހުން ފުރުން މަނާކުރުމަށް ޕާސްޕޯޓުތައް ވަނީ ހިފަހައްޓާފައި ކަމަށްވެސް ވަނީ ބުނެފައި އެވެ.

ފުލުހުން ބުނާގޮތުގައި މިއަދު ވަނަވަރު އާންމުކުރި ޒުވާނުންތަކަކީ ހާދިސާ ހިނގި ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށް މާލޭގެ މެދުތެރޭގައި ހުންނަ ގ މާންދޫގޭދެކުނުގެ ގޭގައި އެއްވުމެއް ބޭއްވި ޒުވާނުންތަކެކެވެ. އޭގެ ތެރެއިން ރައުދާއި ވެއްޓުނު ޒުވާނާގެ އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ކަށިވެލިގެއަށް ދިޔައީ 4 ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ. ފުލުހުން މިއަދު އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއަކަށެވެ. އަންހެން މީހާ ވެއްޓުނީ އެގޭގެ 9 ވަނަ ފަންގިފިލާއިން ކަމަށް ފުކލުހުން ބުނެއެވެ، ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. އަދި ދެމީހުން ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރުވެސް ސެންސަރު ކުރުމަށްފަހު ވަނީ ދައްކާފައި އެވެ.

ފުޓޭޖުން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ވަގުތު ގާތުގައި ރައުދެއް ނެތެވެ. އޭނާ ފަހުން ޔުމްނު ހޯދަން މަސައްކަތްކުރާތަން ފުޓޭޖުން ފެނެއެވެ.

ނަމަވެސް ޔުމްނު ވެއްޓުނު ފަހުން ރައުދު އޭނާ ހޯދަން މަސައްކަތްކުރި މަންޒަރު ވީޑިއޯއިން ފެނިގެން ގޮސްފައިވާއިރު ޔުމްނު ނުފެނުމާއި އެކު ރައުދު ދިޔައީ އަނބުރާ އޭނާގެ ގެއަކަށް ކަމަށް ފުލުހުން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC