
21 އަހަރުގެ ޒުވާނާ ވެއްޓުނު ރޭ އޭނާއާއި އެއްކޮށް އުޅުނު މީހުން ފުރުން މަނާކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތްމިދިޔަ ހުކުރު ދުވަހުގެ ރޭ އަންހެން ކުއްޖާ ވެއްޓުނު ރޭ އެ އަންހެންކުއްޖާއާއި އެކު އެއްކޮށް އުޅުނު މީހުން ފުރުން މަނާކޮށްފި އެވެ.

މިކަން ހާމަކުރެއްވީ ފުލުހުން މިހާރު ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެވެ. އެގޮތުން ސީޕީ ވިދާޅުވީ މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓައި، އެ މީހުންނާ ގުޅޭ ތަންތަން ބަލައި ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހިމެނޭ ފަރާތްތައް ގޮތުގައި ސީޕީ ފާހަގަކުރެއްވީ އަންހެން މީހާ ވެއްޓުނު ރޭ ގ މާންދޫގޭދެކުނުގެ އާއި ހ ކަށިވެލިގޭގައި ވެއްޓުނު އަންހެން މީހާއާއިއެކު އެރޭގެ 12:00 އިން ފެށިގެން ހާދިސާ ހިނގި ވަގުތާއި ހަމައަށް އުޅުނު ފަރާތްތަކެވެ.
ފުލުހުން ވަނީ އެފަރާތްތަކުގެ ވަނަވަރު މިއަދު ހާމަކޮށްފައި އެވެ. ވެއްޓުނު ޒުވާނާގެ އިތުރުން ދެން މައުލޫމާތު ހާމަކުރި ފަރާތްތަކަކީ
- ރައުދު އަހުމަދު ޒިލާލް - 21 އަހަރު
- އާއިޝަތު ލަޔާޔީ އިގްބާލް - 22 އަހަރު
- އިޒްދިޔާން މުހައްމަދު މައުމޫން - 28 އަހަރު
- ޔޫސުފް އަހުމަދު އަކްރަމް - 21 އަހަރު
- ޔޫސުފް ޔައްސާރު އަބްދުލްގަފޫރް - 28 އަހަރު
- އާމިނަތު ޖުނައިނާ ޖަމްޝީދު - 24 އަހަރު
- ހުސެއިން ހަމީސް އަލީ - 28 އަހަރު
- އިޖާޖް ޖާއިޒް - 24 އަހަރު
ސީޕީ ވިދާޅުވީ މި ހުރިހާ ފާރާތްތަކުގެ ބަޔާން މިހާރު ނަގާފައިވާކަމަށާއި އެމީހުން ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކަށް މިހާރު ފުލުހުންގެ އިދާރާއިން އަންގާފައިވާ ކަމަށެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ތަހުގީގަށް ކަށަވަރުވެފައިވާ ކަމަށް ބުނެފައި އެވެ. އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް ނެތް ކަމަށާއި އެ ހާދިސާ ހިނގިއިރު ގާތުގައި ހުރީ ވެސް މި މައްސަލާގައި މިއަދު ވަނަވަރު ހާމަކުރި ރައުދު އެކަނި ކަމަށް ފުލުހުން ބުންޏެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފި

21 އަހަރުގެ ޒުވާނާ ވެއްޓުނު މައްސަލައާއި ގުޅުންހުރި ގެތައް ބަލާފާސްކުރަން ފަށައިފި: މިނިސްޓަރު އަމީންގެ ގެ ހިމެނޭ!

ރައުދު ހައްޔަރުކުރަން ކޯޓު އަމުަރަކަށް އެދެފި
