logoEN
Sto top
މާޅެންދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައިފި

މާޅެންދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައިފި

އަހުމަދު ޝުރާއު

logo

4/24/2025, 5:40:00 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. މަނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މާޅެންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައިފިއެވެ.

Wamco

ފުލުހުން މިއަދު ބުނީ މި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާޅެންދޫ ފަޅުގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 20.4 ގުރާމެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside