
ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް ހެނދުނު!
# ދިވެހި ފުލުހުންގެ ޙިދުމަތް--
ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދުގެ ( 24 އޭޕްރިލް ) ހެނދުނު ބޭއްވުމަށް ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިރޭ ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ, ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް މާދަމާ ހެނދުނު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި ނޫސްވެރިންގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ 10:00 ގައި އެވެ. އަދި މި ނޫސްވެރިންގެ ބައްދަލުވުމަކީ ލައިވް ކުރެވޭނެ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ ހެނދުނު އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ކަމަށެވެ.
އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް އެވެ. މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރުމަށް އާންމުކޮށް ހުޅުވާ ނުލައި އަންގާރަ ދުވަހުގެ ރޭ ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި އެވެ
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ ރޭ ކަންތައް ހިނގައި ދިޔަ ގޮތުގެ ތަފްސީލް މީޑިއާތަކާ ހިއްސާކޮށް، އަންހެން ކުއްޖާ ވެއްޓުނު އިމާރާތުގެ ތެރޭ ކަންތައް ހިނގައިދިޔަ ސީސީޓީވީ ފުޓޭޖު ނޫސްވެރިންނަށް ދައްކާފަ އެވެ. އަދި އެކުއްޖާ ވެއްޓުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފި

21 އަހަރުގެ ޒުވާނާ ވެއްޓުނު މައްސަލައާއި ގުޅުންހުރި ގެތައް ބަލާފާސްކުރަން ފަށައިފި: މިނިސްޓަރު އަމީންގެ ގެ ހިމެނޭ!

ރައުދު ހައްޔަރުކުރަން ކޯޓު އަމުަރަކަށް އެދެފި
