
ވެލިދޫ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
# އާރްޑީސީ--
ނ ވެލިދޫ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު ސަރުކާރުން ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި އެވެ. އެގޮތުން މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މިއަދު އެކުންުފުނިން ވަނީ ހާމަކޮށްފައި އެވެ.
އާރްޑީސީން މިއަދު ބުނީ ނ. ވެލިދޫގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ފައުންޑޭޝަން ކޮންކްރީޓް ލީން އަދި ފެންސު ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސަރުކާރުން ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރެއް ނ ވެލިދޫގައި ތަރައްޤީކުރުމަށް އާރްޑީސީއާއި ހަވާލުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. މިއާއި އެކު އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ސާމާނު އެކުންފުނިން ވަނީ މިމަހުގެ 9 ވަނަ ދުވަހު އެރަށަށް ގެންގޮސްފައި އެވެ.
ގުޅުންހުރި

ވެލިދޫ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި

ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އާރުޑީސީއަށް!

އައި.ޖީ.އެމް.އެޗްގެ އައު ވޯޑް ކޮމްޕްލެކްސްގެ މަސައްކަތް ނިމުމަކާއި ގާތަށް!
