logoEN
Sto top
އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މިލަންދޫގެ ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މިލަންދޫގެ ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

އަހުމަދު ޝުރާއު

logo

4/23/2025, 12:16:16 PM

# އެމްޓީސީސީ# ށ މިލަންދޫ

-

ށ. މިލަންދޫގައި 3 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމަޝްރޫއުތައް ހަވާލުކޮށްފައިވާ އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

Wamco

އެމްޓީސީސީން މިއަދު ބުނީ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެކުންފުނިން ތައްޔާރުވެފައިވަނީ އެރަށުގެ ދެ ބުރީގެ ހޮސްޕިޓަލް އިމާރާތެއް ކުރުމާއި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމާއި ރަށުގައި މިހާރު ހަދާފައި ހުރި އައުޓްޑޯ ޖިމްގެ އިކުއިޕްމެންޓް ބަދަލުކުރުމުގެ މަސައްކަތަށް ކަމަށެވެ.

އެމްޓީސީސީން ބުނީ 2,094 މީހުންގެ އާބާދީއެއް ދިރިއުޅޭ ށ. މިލަންދޫ ރައްޔިތުންނަށް ފެށިގެންދާ މަޝްރޫއުތަކުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވަވަޑައިގެންނެވި އިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫޢުތައް ވަނީ ނުފެށި ނުވަތަ ހުއްޓިފައެވެ، އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުނ،ް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside