
-
ޅ. ނައިފަރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމަށްޓަކައި އެ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެކު ސޮއިކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފްއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުހައްމަދު އަސްބާހް އަލީ ނަސީރުއެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރެވުނު މި ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 7,711,200/00 ރުފިޔާ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ހޮސްޕިޓަލްގެ ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ އަޕްގްރޭޑް ކުރެވިގެންދާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތު، ދާއިރާގެ މެމްބަރު އަދި އާރުޑީސީ ގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
ގުޅުންހުރި

ވެލިދޫ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި

ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އާރުޑީސީއަށް!

އައި.ޖީ.އެމް.އެޗްގެ އައު ވޯޑް ކޮމްޕްލެކްސްގެ މަސައްކަތް ނިމުމަކާއި ގާތަށް!
