
ފަހަތުން އަރައި ޑަމަކް އަތުން މޮޅުވެ އަލް ނަސްރުން އުންމީދު ދަމަހައްޓައިފި
# ޑަމަކް # ބޭރު ދުނިޔޭގެ ކުޅިވަރު# އަލް ނަސްރު # ސައުދީ ޕްރޮފެޝަނަލް ލީގުއަލް ނަސްރު އާއި ޑަމަކް ވާދަކުރި މެޗުގެ ތެރެއިން..
ސައުދީ ޕްރޮފެޝަނަލް ލީގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ޑަމަކް ބަލިކޮށް އަލް ނަސްރުން ލީގު ހޯދުމުގެ އުންމީދު ދަމަހައްޓައިފިއެވެ.

ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލް ގަދިސިއާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ޑަމަކް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން އަލް ޚުލޫދު ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ނަސްރު އިންނެވެ.
އޭއެފްސީ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޖަޕާނުގެ ޔޮކަހާމާއި ދެކޮޅަށް ކުޅޭ މެޗަށް ރެސްޓް ދިނުމުގެ ގޮތުން މިމެޗުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާ ރޮނާލްޑޯ އާއި ނުލައި އެޓީމުން ކުޅުނުއިރު، މިމެޗުގެ ވަރަށް ކުރީކޮޅު ޑަމަކުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ރަމްޒީ ސޯލަން އެވެ. ނަމަވެސް އޭގެ ހަތް މިނެޓް ފަހުން އަލް ނަސްރުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެމެރިކް ލަޕޯޓް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އަލް ނަސްރުން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުހޯދީ ފަހުހާފުގެ 70 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ މިޑްފީލްޑަރު އަލީ އަލް ހަސަން އެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޑަމަކުގެ ރޫމޭނިއާ މިޑްފީލްޑަރު ނިކޮލައެ ސްޓެންސިއު ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އެޓީމުގެ މިޑްފީލްޑަރު ދާރީ އަލް އަނަޒީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިނިް ލަނޑެކެވެ
މިމެޗުން އަލް ނަސްރު މޮޅުވި ލަނޑު ފަހުހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސުލްތާން އަލް ޣަންނާމު އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 29 މެޗުން އަލް ނަސްރަށް 60 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ޑަމަކް ލީގުގައި ކުޅުނު 29 މެޗުން ލިބުނު 31 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލު 11 ވަނައިގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




