logoEN
Sto top
އެމްޑީޕީގެ ރަސްމީ ދަތުރުތަކެއް: ފައްޔާޒު ށ އަތޮޅަށް، ޝާހިދު އައްޑޫ ސިޓީއަށް!

އެމްޑީޕީގެ ރަސްމީ ދަތުރުތަކެއް: ފައްޔާޒު ށ އަތޮޅަށް، ޝާހިދު އައްޑޫ ސިޓީއަށް!

އަހުމަދު ޝުރާއު

logo

4/22/2025, 4:18:56 PM

# އެމްޑީޕީ

-

އިދިކޮޅު އެމްޑީޕީގެ އިސްވެރިން މާދަމާ ދެ އަތޮޅަކަށް ރަސްމީ ދަތުރުފުޅެއް ފައްޓަވާނެ ކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.

Wamco

އެމްޑީޕީން މިއަދު ބުނީ އެޕާޓީގެ ޗެއަރޕާސަން ފައްޔާޟް އިސްމާއީލް އަދި ރައީސް އަބްދުالله ޝާހިދު ޕާޓީގެ ރަސްމީ ދަތުރެއްގައި މާދަމާ އަތޮޅު ތެރެއަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން، ޕާޓީގެ ޗެއަރޕާސަން މާދަމާ ހެނދުނު ށ. އަތޮޅަށް ވަޑައިގެންނެވުމަށް ވަނީ ނިންމާފައި އެވެ. އަދި، މާދަމާ މެންދުރު ޕާޓީގެ ރައީސް އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ވަނީ ނިންމާފައި އެވެ. ދެ ބޭފުޅުންގެ މި ދަތުރުގައި ވެސް އެ އަތޮޅުގެ ހުރިހާ ދާއިރާއަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުތަކުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރު ގިއަރަކަށް މަތި ކުރުމާ ގުޅޭގޮތުން ޕާޓީގެ މެންބަރުންނާ މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޑީޕީން ބުނެއެވެ.

އޭގެ އިތުރުން، މި ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތު ދީ އެ ކަންކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުތަކުގައި ޕާޓީގެ ޗެއަރޕާސަނާއި ރައީސްގެ އަރިހުގައި ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިތުރު ބޭފުޅުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside