logoEN
Sto top
ދާންދޫގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި

ދާންދޫގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

4/22/2025, 4:17:09 PM

# ގއ.ދާންދޫ

--

ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގއ. ދާންދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މި މަހު 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގައި ރައްޔިތުން އެންމެ ގިނައިން ގޮސް އުޅޭ ސަރަހައްދުތަކަށް ފުލުހުން ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިވެއެވެ.

އަދި ރަށުގައި އާންމުވަމުންދާ ކުށްތަކާ ގުޅޭ މައުލޫމާތާއި، ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މައުލޫމާތުގެ އިތުރުން ފުލުހުން ރައްޔިތުންނަށް ދޭ ހިދުމަތާމެދު ރައްޔިތުން ދެކޭގޮތް އޮޅުންފިލުވާފައިވެއެވެ.

މީގެ އިތުރުން، އަމާން މާހައުލެއްގެ ގޮތުގައި ރަށް ބޭއްވުމަށް ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

މި ހަރަކާތުގެ ތެރެއިން ބައްދަލުވި ރަށުގެ އިސް ރަށްވެއްސަކު، ރަށުގެ ތާރީހާއި ސަގާފަތުގެ މައުލޫމާތު ހިއްސާކޮށް އަދި ރަށުގެ ތަރައްގީއާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ފުލުހުންނާ ހިއްސާކޮށްފައިވެއެވެ. އަމާން މުޖުތަމައެއް ބިނާކުރުމުގައި އިސްރަށްވެހީންގެ ހިޔާލާއި މަޝްވަރާގެ މުހިންމުކަން މި ހަރަކާތުން ވެސް ފާހަގަވެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside