
ދާންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި
# ފުލުހުން# ގއ.ދާންދޫ# މަސްތުވާތަކެތި މައްސަލަދާންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހާ- ފޮޓޯ: ފުލުހުން
ގއ.ދާންދޫ އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ގއ.ދާންދޫ/ ނޫވިލާގެ، އަބްދު ﷲ އިސްމާއީލް (40އ) ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޕޮލިހުން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ދާންދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަންގައި ދާންދ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.





