
-
ރ މާކުރަތުގައި ސަރުކާރުން އަލަށް ތަރައްޤީކުރާ ޕޮލިސް ޕޯސްޓު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު ފުލުހުންގެ އިދާރާއިން ހަވާލުކުރީ އެމްޓީސީސީއާއި އެވެ. މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހާމަކުރަމުން އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ފައުންޑޭޝަން ގެ މަސައްކަތް ތައް ފެށުމަށް ޕްރޮޖެކްޓް ސައިޓު މިހާރު ތައްޔާރުކުރަމުންދާ ކަމަށެވެ.
މާކުރަތު ޕޮލިސް ޕޯސްޓު ހިމެނޭހެން ރާއްޖޭގައި މިހާރު ފުލުހުންގެ ހިދުމަތް ދިނުމަށް އިމާރާތްތައް ނެތް ރަށްރަށުގައި އެޕޯސްޓުތައް ގާއިމްކުރުމުގެ މަސައްކަތް ފުލުހުން ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކުރީ މިދިޔަ މަހުގެ ތެރޭގައި އެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން އެމްޓީސީސީން 21 ރަށެއްގައި، އާރުޑީސީއިން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއެކު ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުމަށް ވަނީ ހަވާލުކޮށްފައި އެވެ.
މަސައްކަތް ހަވާލުކުރި ރަށްތަކުގެ ތެރެއިން ބައެއް ރަށްތަކުގައި މިހާރު އަމަލީ މަސައްކަތްތައް ވަނީ ފަށާފައި އެވެ.
ގުޅުންހުރި

މާކުރަތު ޕޮލިސް ޕޯސްޓު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއު: ބިން ހިއްކުން ނިމި ރިވެޓްމެންޓުގެ މަސައްކަތްތައް ކުރިޔަށްދަނީ

ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު: ތިން ހަފްތާގެ ތެރޭގައި 40 އިންސައްތަ މަސައްކަތް ނިންމާލައިފި
