
ދިއްދޫގެ ގޭބިސީތަކުން ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް މާދަމާއިން ފެށިގެން ރަޖިސްޓްރީ ކުރެވޭނެ!
# ވެމްކޯ--
ހއ ދިއްދޫގެ ގޭބިސީތަކުން ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށް ނިންމައިފި އެވެ.

ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން، ވެމްކޯއިން މިއަދު ބުނީ ހއ. ދިއްދޫގެ ގޭބިސީތަކުން ކުނި އުކާލުމުގެ ޚިދުމަތަށް މާދަމާއިން އިން ފެށިގެން ރަޖިސްޓްރީ ކޮއްލެވޭނެ ކަމަށެވެ.
ވެމްކޯގެ ހިދުމަތް ދިއްދޫގައި ފެށުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެގޮތުން ދިއްދޫގައި އޮޕަރޭޝަންތައް ރޯދައިގެ ކުރިން ފަށާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ވެހިކަލްތައް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ހިދުމަތް ފެށުން ލަސްވި އެވެ.
ނަމަވެސް ހިދުމަތް ފެށުމަށްޓަކައި ވެމްކޯ އޮޕަރޭޝަނަށް ބޭނުންވާ ވެހިކަލްތައް ދާދި ފަހުން ވަނީ އެރަށަށް ގެންގޮސްފައި އެވެ.
ވެމްކޯއިން އެކަމާއި ގުޅިގެން ދާދި ފަހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުޖުތަބާ ޖަލީލު، ވިދާޅުވެފައިވާ ފަދައިން އެކުންފުނީގެ ޚިދުމަތް ހއ. ދިއްދޫގައި ފެށުމަށް މިހާރު ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަނީ ނިމިފައި ކަމަށާއި އަދި ރައީސްގެ ވައުދާއި އެއްގޮތަށް ރަމަޟާން މަސް ފެށުމުގެ ކުރިއަށް ވެމްކޯގެ ޚިދުމަތް ދިއްދޫގައި ފެށުމުގެ އަމަލީ މަސައްކަތް ފެށުނު ކަމަށެވެ.
އެގޮތުން މި ތައްޔާރީތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމްކުރުމާއި، އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް ވަނީ މިހާރު މުޅިން ނިމި އޮފީހުގެ އިދާރީ މަސައްކަތްތައް ފެށޭ ވަރަށް ހަމަޖެހިފައި ކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ބުނީ ހއ ދިއްދޫ ކުނިކޮށީގެ ފެންސު އެޅުމުގެ މަސައްކަތް ދިއްދޫ ކައުންސިލްގެ ބެލުމުގެ ދަށުން ނިމުނުހާ އަވަހަކަށް ޚިދުމަތް ދޭން ފެށޭނެ ކަމަށާއި މި މަސައްކަތަކީ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފެށުމުގެ ކުރިން ނިންމަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި ރަމަޟާންމަހަށް އެ ކޯޕަރޭޝަންގެ ޚިދުމަތް ދިނުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވެފައިވަނީ މި މަސައްކަތް ނިންމުމުގައި ހުރި ބައެއްކަހަލަ ގޮންޖެހުންތަކާއި ގުޅިގެން ކަމަށެވެ. އަދި މިވަގުތު މަސައްކަތް ލަސްވެފައިވަނީ މަސައްކަތަށް ބޭނުންވާ ބައެއް ކަހަލަ އާލާތްތައް ލިބުމުގައި ހުރި ދަތިތަކެއް ސަބަބުން ކަމަށާއި މި ދަތިތައް ހައްލުކުރުމަށް އެ ކޯޕަރޭޝަނާއި ހއ ދިއްދޫ ކައުންސިލުން ގުޅިގެން ދަނީ މަސައްކަތްކުރަމުން ކަން ހާމަކޮށް ވެމްކޯއިން ބުނީ ވީ އެންމެ އަވަހަކަށް މި ދަތިތައް ހައްލުކުރެވިގެންދާނެ ކަމަށެވެ.
އަދި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ އެންމެހައި މެޝިނަރީތަކާއި އާލާތްތައް ދިއްދޫއަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މީގެ ތެރޭގައި ކުނި އުފުލުމަށް ބޭނުންކުރާ ކޮމްޕެކްޓަރުތަކާއި، ކުނި ނެގުމަށް ބޭނުންކުރާ ޚާއްޞަ އުޅަނދުތަކާއި، ކުނި މެނޭޖްކުރުމަށް ބޭނުންވާ އެހެނިހެން މެޝިނަރީތައް ހިމެނޭ ކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން އޭރު ބުނީ މި ހިނގާ އޭޕްރީލް މަހުގައި ވެމްކޯގެ އިދާރީ އޮފީހުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ ކަމަށާއި މި އޮފީހުން ކުނި މެނޭޖްކުރުމާ ގުޅޭ އެންމެހައި އިދާރީ ޚިދުމަތްތައް ދިއްދޫގެ ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ކުނި އުކާލުމުގެ ޚިދުމަތަށް ރަޖިސްޓަރީވުމާއި، ބިލްކުރުމުގެ ޚިދުމަތްތަކާއި ގުޅޭ ކަންކަން ހިމެނެއެވެ.
ވެމްކޯގެ ޚިދުމަތް ހއ. ދިއްދޫގައި ފެށުމުން، އެ ރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާވެ، ރައްޔިތުންނަށް ފެންވަރު ރަނގަޅު ދުމަތެއް ލިބިގެންދާނެކަން ފާހަގަކޮށް ވެމްކޯއިން ބުނީ މި ޚިދުމަތުގެ ސަބަބުން ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ސާފު މާޙައުލެއް ޤާއިމްކުރެވިގެންދާނެ ކަމަށެވެ.
ގުޅުންހުރި

ދިއްދޫގެ ގޭބިސީތަކުން ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް މާދަމާއިން ފެށިގެން ރަޖިސްޓްރީ ކުރެވޭނެ!

އިހަވަންދޫގައި ވެމްކޯގެ ހިދުމަތް ފެށުމަށްޓަކައި ކައުންސިލާއިއެކު ފުޅާ މަޝްވަރާތަކެއް!

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ވެމްކޯގެ ހުޅުމާލެ ސައިޓުގައި ގަސް އިންދުމުގެ ހަރަކާތެއް!
