logoEN
Sto top
ވެމްކޯގެ ހިދުމަތް ކުޑަހުވަދޫގައި ފަށަނީ

ވެމްކޯގެ ހިދުމަތް ކުޑަހުވަދޫގައި ފަށަނީ

އަހުމަދު ޝުރާއު

logo

4/17/2025, 11:52:19 AM

# ވެމްކޯ# ދ. ކުޑަހުވަދޫ

--

ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން، ވެމްކޯގެ ހިދުމަތް ދ ކުޑަހުވަދޫގައި ފެށުމަށް މަޝްވަރާކޮށްފި އެވެ.

Wamco

ވެމްކޯގެ ހިދުމަތް ކުޑަހުވަދޫގައި ފެށުމަށް މިއަދު ކުޑަހުވަދޫ ކައުންސިލާއި ވެމްކޯގެ އިސްވެރިންނާއި ދެމެދު ވަނީ ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައި އެވެ. މި މަޝްވަރާ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އާއި ވެމްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކުޑަހުވަދޫ ކައުންސިލްގެ ފަރާތުން އެކައުންސިލްގެ ރައީސް އާއި ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައި އެވެ.

ވެމްކޯއިން ބުނީ މި މަޝްވަރާތަކުގެ އަލީގައި، ކުޑަހުވަދޫގައި ވެމްކޯގެ ޚިދުމަތް ތަޢާރަފުކުރެވިގެންދާއިރު، ގޭގެއިން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައި ކަމަށެވެ.

undefined

މީގެ އިތުރުން، އެރަށުގެ ކުނި އަޅާ ސަރަހައްދު ހަރުދަނާ އުސޫލުތަކެއްގެ ދަށުން ބެލެހެއްޓުމާއެކު، ތިމާވެށި ހިމާޔަތްކުރެވޭނެ ގޮތަކަށް ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރަން ވަނީ ނިންމާފައި ކަމަށް ވެމްކޯއިން ވަނީ ބުނެފައި އެވެ.

ވެމްކޯއިން ކުޑަހުވަދޫގައި ހިދުމަތް ފަށާނެކަން ރައީސް މުއިއްޒު ދާދި ފަހުން އެރަށަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ އިއުލާނުކުރައްވާފައި އެވެ. އެގޮތުން މިއަހަރުގެ ޖުލައި މަސް ނިމުގެ ކުރިން ހިދުމަތް ފެށުމަށް ސަރުކާރުން ވެމްކޯއާއި ގުޅިގެން މަސައްކަތްކުރަމުންދާކަން ރައީސް އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ހާމަކުރައްވާފައި އެވެ.

ވެމްކޯގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރަމުންދާއިރު ދ ކުޑަހުވަދޫގައި ވެމްކޯގެ ހިދުމަތް ފެށިގެން ދިޔުމާއި އެކު އެރަށް ވާނީ ދ އަތޮޅުގައި ވެމްކޯގެ ހިދުމަތް ރަސް،މީކޮށް ފެށިގެންދާ ފުރަތަމަ ރަށަށެވެ.

ވެމްކޯއިން މިހާރު އަންނަނީ ހއ އަތޮޅުގައި ވެމްކޯގެ ހިދުމަތްތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ހއ ދިއްދޫގެ އޮޕަރޭޝަންތައް ފެށުމަށް ވެހިކަލްތައް މިހާރު އެރަށަށް ގެންގޮސްފައިވާއިރު ހއ އިހަވަންދޫގެ ވެމްކޯ އޮޕަރޭޝަނަށް މުވައްޒަފުން ހޯދުމަށް މިހާރު ވަނީ އިއުލާނުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside