
--
ހއ އިހަވަންދޫގައި ވެމްކޯގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކަށް އެކުންފުނީގެ ޓީމެއް އެރަށަށް ގޮސްފި އެވެ.

ވެމްކޯގެ ހިދުމަތްތައް އިހަވަންދޫގައި ފެށުމަށްޓަކައި ވަމުންދާ ތައްޔާރީތަކަށް އެރަށަށް މިއަދު ދިޔަ ވެމްކޯގެ ޓީމުގެ އެކުންފުނީގެ ބައެއް އިސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން ހިމެނެއެވެ.
އެގޮތުން މިއަދު އެރަށަށް ދިޔަ ޓީމުން ވަނީ ޚިދުމަތްތައް ފެށުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމަށްޓަކައި އެރަށުގެ ކައުންސިލާއި އެކު ފުޅާ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައި އެވެ. ވެމްކޯއިން ބުނީ އެ ބައްދަލުވުމުގައި، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ތާވަލާއި، ޚިދުމަތްތައް ފެށުމަށް ހަމަޖެހިފައިވާ ޓައިމްލައިން، އަދި ޚިދުމަތްތައް ކާމިޔާބުކަމާއެކު ހިންގުމުގެ ތައްޔާރީތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
ވެމްކޯއިން ދާދި ފަހުން ވަނީ އެރަށުގައި ހިދުމަތްތައް ފެށުމަށްޓަކައި ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފައި އެވެ.
ހއ އަތޮޅަށް ވެމްކޯގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދާދި އަވަހަށް އެއަތޮޅު ދިއްދޫގައި ހިދުމަތް ފެށުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން އެހިދުމަތަށް ބޭނުންވާ ހުރިހާ އާލާތެއް އެރަަށަށް ގެންގޮސްފައިވާއިރު މިހާރު ކުރިޔަށްދަނީ ހިދުމަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.
ގުޅުންހުރި

އިހަވަންދޫގައި ވެމްކޯގެ ހިދުމަތް ފެށުމަށްޓަކައި ކައުންސިލާއިއެކު ފުޅާ މަޝްވަރާތަކެއް!

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ވެމްކޯގެ ހުޅުމާލެ ސައިޓުގައި ގަސް އިންދުމުގެ ހަރަކާތެއް!

ވެމްކޯގެ ހިދުމަތް ކުޑަހުވަދޫގައި ފަށަނީ
