
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ވެމްކޯގެ ހުޅުމާލެ ސައިޓުގައި ގަސް އިންދުމުގެ ހަރަކާތެއް!
# ވެމްކޯ--
ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން، ވެމްކޯގެ ހުޅުމާލެ ސައިޓުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

ވެމްކޯއިން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދެވޭ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ހުޅުމާލޭގައި ހުންނަ ވެމްކޯގެ ސައިޓުގައި ޚާއްސަ ގަސް އިންދުމުގެ ޙަރަކާތެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
މިއަދު ހަވީރު ކުރިޔަށް ދިޔަ މި ހަރަކާތުގައި ވެމްކޯގެ އިސް އެގްޒެކެޓިވުންގެ އިތުރުން، ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލްވެސް ހިމެނިވަޑައިގަންނަވައެވެ.
އެގޮތުން މި ޙަރަކާތަކީ ވެމްކޯ އާއި ފަތުރުވެރިކަމާއި، ތިމާވެއްޓާއި ބެހޭ ވުޒާރާއި އެކު ސޮއިކުރެވިފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށް ވެމްކޯއިން ބުނެއެވެ.
މި ހަރަކާތާއި ގުޅޭގޮތުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެކުންފުނީގެ ސައިޓްތައްހުރި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ސިލްސިލާ ގޮތެއްގައި މި ޕްރޮގްރާމް ކުރިއްދާނެ ކަމަށެވެ.
ގުޅުންހުރި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ވެމްކޯގެ ހުޅުމާލެ ސައިޓުގައި ގަސް އިންދުމުގެ ހަރަކާތެއް!

ވެމްކޯގެ ހިދުމަތް ކުޑަހުވަދޫގައި ފަށަނީ

ވެމްކޯއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެނީ
