
--
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ތަރައްޤީކުރަމުން އަންނަ 75 އެނދުގެ ވޯޑުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށް އެމަސައްކަތް ސަރުކާރުން ހަވާލުކުރި އާރްޑީސީން މިއަދު ހާމަކޮށްފި އެވެ.

އާރްޑީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހާމަކޮށްފައި އެވެ. އެގޮތުން އާރްޑީސީން ބުނީ އައި.ޖީ.އެމް.އެޗްގެ 75 އެނދުގެ ވޯޑް ކޮމްޕްލެކްސްގެ %90 މަސައްކަތް ނިމި، މިހާރު ކުރިޔަށްދަނީ ފިނިޝިންގ ގެ މަސައްކަތް ކަމަށެވެ.
އައިޖީއެމްއެޗްގެ މިހާރުގެ ބެޑް ކެޕޭސިޓީއަކީ 350 އެނދެވެ. އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތްތަކުގައި މިކަމުގެ ދަތިކަން ކުރިމަތިވަމުންދާއިރު މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައިވެސް ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. މިކަމަށް ހައްލެއް ގެނައުމަށް ނިންމަވާ ޢަމަލީ މަސައްކަތް ފަށާފައިވަނީ ނިމިދިޔަ އަހަރުގެ ތެރޭގައެވެ.
އެގޮތުން އާރްޑީސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢުގައި ޖެނެރަލް ވޯޑުގެ ގޮތުގައި އިތުރު ކުރެވޭ 44 އެނދާއި، ހައި ޑިޕެންޑަންސީ ޔުނިޓް (އެޗް.ޑީ.ޔޫ) އެނދުގެ ގޮތުގައި އިތުރު ކުރެވޭ 15 އެނދާއި، 14 ޕްރައިވެޓް ޔުނިޓް ހިމެނެއެވެ.
ގުޅުންހުރި

އައި.ޖީ.އެމް.އެޗްގެ އައު ވޯޑް ކޮމްޕްލެކްސްގެ މަސައްކަތް ނިމުމަކާއި ގާތަށް!

އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

ވިލިނގިއްޔާއި ކޮލަމާފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ
