logoEN
Sto top
 އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

އަހުމަދު ޝުރާއު

logo

4/21/2025, 4:09:01 PM

# އާރްޑީސީ

--

ހއ އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން މިއަދު ބުނެފި އެވެ.

Wamco

އާރްޑީސީން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އާރްޑީސީން ބުނީ އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އޯކިޑް މަގުގައި ދުވާރުގެ މަސައްކަތާއި ހުރަވީ ދަނޑުގެ ޕޭވިންގ ކޮންކްރީޓްގެ މަސައްކަތް ކަމަށެވެ.މިދިޔަ އަހަރު އަމަލީ މަސައްކަތް ފެށި މިމަޝްރޫއުގެ ދަށުން އެރަށުގައި 15 މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ.

އާރްޑީސީން ބުނީ މި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާއިރު، ފެން ހިންދުމުގެ ނިޒާމު ގާއިމްކުރާނެ ކަމަށެވެ. އަދި މަގުހަދާ ނިމޭއިރު މަގުތަކުގައި ނިޝާންތައް ކުރަހާ މަގުބައްތިވެސް ހަރުކުރާނެ ކަމަށެވެ.

އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި 102 މިލިޔަން ރުފިޔާއަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside