logoEN
Sto top
ވިލިނގިއްޔާއި ކޮލަމާފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

ވިލިނގިއްޔާއި ކޮލަމާފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

އަހުމަދު ޝުރާއު

logo

4/20/2025, 6:09:05 PM

# އާރްޑީސީ

--

ގއ އަތޮޅުގައި އާރްޑީސީން ކުރިޔަށް ގެންދާ މަގު ހެދުމުގެ ދެ މަޝްރޫއު ކަމަށްވާ ގއ ވިލިނގިލީ މަގު ހެދުމުގެ ދެވަނަ ފޭސްގެ މަސައްކަތާއި ކޮލަމާފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެކުންފުނީން ހާމަކޮށްފި އެވެ.

Wamco

އާރްޑީސީން މިއަދު ވަނީ މި ދެ މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ.

އެގޮތުން އާރްޑީސީން ބުނީ ގއ ވިލިނގިލީ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިޔަށްދަނީ ކުދެކަތިބެއްޔާ މަގުގެ ދުވާރުގެ މަސައްކަތްތަކާއި މޫސާ މަގުގައި ކޯނާރ ކާރބް ސްޓޯން ޖެހެުމުގެ މަސައްކަތް ކަމަށެވެ.

އަދި ކޮލަމާފުށީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ދަންނަ އާދަމް ސައީދު މަގުގެ ދުވާރުގެ މަސައްކަތާއި ތުއްތު ކަތީން މަގުގެ ކީވޯލްގެ މަސައްކަތް ކަމަށް އާރްޑީސީން ބުނެއެވެ.

ވިލިނގިލި މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފަސް ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެ އެވެ. މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ތާރުއަޅައިގެން މިހާރު ހަދާފައިވާ ބައެއް މަގުތައް މަރާމާތުކުރުން ވެސް ކުރިއަށްދާނެ އެވެ.ވިލިނގިިިިިިިިިލި މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 98.3 މިލިއަން ރުފިޔާ އަށެވެ.

ގއ. އަތޮޅު އަދި ހުވަދު އަތޮޅުގެވެސް އެންމެ އުތުރަށް އޮންނަ ކޮލަމާފުށީގެ މަގުތަކުގައި ތާރުއެޅުމުގެ އެ މަޝްރޫއުގެ ދަށުން ޖުމްލަ 4.8 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ.އަދި އޭގެ އިތުރުން އެރަށުގެ މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމް ކުރުމާއި މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތްވެސް އާރުޑީސީން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside