
--
ހއ ދިއްދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫގެ ކޮންޓްރެކްޓަރު އާރްޑީސީއިން ހާމަކޮށްފި އެވެ.

އާރްޑީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ ދިއްދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ޣާޒީމަގުގައި މަގު ކޮނުމާއި ބެކް ފިލިންގގެ މަސައްކަތް އަދި އުންމީދީ ހިނގުމުގައި ކާރބް ސްޓޯން ޗެމްފަރ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
ދިއްދޫ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ އޭޕްރިލް 2022 ގައެވެ. ނަމަވެސް ތަފާތު އެކި ސަބަަބުތަކާ ހުރެ 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ނަމަވެސް ރާއްޖޭގެ ރަށްތަކުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްް ގެންދިއުމަށް މި ސަރުކާރުން އެކުލަވާލި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެ މަސައްކަތް ވަނީ އަލުން ފަށައިފަ އެވެ.
އެގޮތުން މަޝްރޫއު އޭރު ފެށީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ. މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 108.5 މިލިއަން ރުފިޔާ އަށެވެ.
ގުޅުންހުރި

ދިއްދޫ މަގުހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

މިލަންދޫ އިން މިއަދު ފެންނަ ހިތްގައިމު އަދި ހިތްފަސޭހަ މަގުތަކުގެ ހަގީގީ މޭސް ތިރިންނަކީ ހީވާގި މުވައްޒަފުން - އާރްޑީސީ

މުލަކު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!
