logoEN
Sto top
މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 28 މީހަކު ޝަހީދުކޮށްލައިފި

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 28 މީހަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

4/21/2025, 4:00:36 PM

# ޣައްޒާ

ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން މިއަދުގެ މިވަގުތާއި ހަމައަށް 25 އަށްވުރެ ގިން މީހުން ޝަހީދުކޮށްލައިފި އެވެ.

Wamco

އަލްޖަޒިރާއިން ރިޕޯޓުކުރާ ގޮތުގައި މިވަގުތާއި ހަމައަށް ޣައްޒާއިން 28 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ޔަހޫދީން މިއަދު ގިނަ ހަމަލާތަކެއް ދީފައިވަނީ ގެދޮރުތައް ގެއްލިފައިވާ އެތައްބަޔަކު ދިއިރުޅެމުންދާ ޓެންޓުތަކަށެވެ. މިއަދުގެ ހަމަލާތަކުގައި އެފަދަ ޓެންޓުތަކަށް ދިން ހަމަލާތަކުގައި 18 މީހުން ވަނީ ޝަހީދުވެފައި އެވެ.

ޔަހޫދީންގެ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ފެށި ހަނގުރާމައަށް 18 މަސްވެގެން ގޮސްފައިވައިރު މިހާތަނަށް 51،700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ. މިދިޔަ ފެބްރުއަކީ މަހު ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށްފަހު މަސްދުވަސް ފަހުން އަލުން ހަމަލާތައް ފަށައި ފާއިތުވި އެއްމަސްދުވަހުގެ ތެރޭގައި ޝަހީދުވިކޮށްލި މީހުންގެ އަދަދު ވަނީ 2000 އާއި ގާތްކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside